އޭދަފުށީ ފުޓްބޯޅަ ދަނޑު ދެކުނަށް ޖައްސައި، ކޯޓްތައް އުތުރުކޮޅަށް

Foot-ball.jpg

ބ. އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑު ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫއާއެކު ދަނޑު ކުރިން އޮތް ހިސާބަށްވުރެ ދެކުނަށް ޖައްސަން ނިންމައިފިއެވެ.

އޭދަފުށީ ކައުންސިލުން މިގޮތަށް ނިންމީ މިކަމަށް އެދި އޭދަފުށި ޒުވާނުންތަކެއް އެއިދާރާއަށް ހުށައެޅި މައްސަލައަކާމެދު ބުދަދުވަހު ކައުންސިލްގައި މަޝްވަރާކުރުމަށްފަހުއެވެ. ދަނޑަށް މިގެނައި ބަދަލާއެކު ދަނޑުގެ ދެކުނު ގޯލާވީ ކޮޅު އޮންނާނީ އޭދަފުށީ ރޯޝަނީ މަގާ އިންވެގެން އޮތް ދަނޑުގެ ވަށާފާރާ 10 ވަރަކަށް ފޫޓް ކައިރީގައެވެ.

ކައުންސިލް މެމްބަރ މުހައްމަދު ރިޒާ ވިދާޅުވީ މިބަދަލާއެކު ދަނޑުގެ އުތުރުކޮޅު ފަސްގަނޑު މަޑުވެ ކުޅުމަށް އުނދަގޫވާ މައްސަލަ ހައްލުވާނެކަމަށާ، މިކަން ނިންމީ ފުޓްބޯޅައިގެ ސީނިއަރ ފަރާތްތަކާ، ޔޫތުމިނިސްޓްރީގެވެސް ލަފާ ހޯދުމަށްފަހުކަމަށެވެ. އޭނާ ވިދާޅުވީ މިބަދަލާއެކު އިދާރީގޮތުންނާ، ސަލާމަތީގޮތުންވެސް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ.

“މިހާރު މިވާގޮތަކީ ރެސްޓްރޮމްވެސް ހަލީމްބެ ގެއާދިމާލަށް މިއޮންނަނީ، މިބަދަލާއެކު ބޯޅަގެއިން ސީދާ ދަނޑަށް ނުކުމެވޭނީ، އެހެންދިމާތަކުން އާންމުގޮތެއްގައި ދަނޑަކަށް ނުވަދެވޭނެ. މިއީ ސަލާމަތީ ކަންކަމަށް ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް” ރިޒާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވީ މިބަދަލާއެކު ކުރިން ދަނޑުގެ ދެކުނުކޮޅުގައި އަޅަން ހަމަޖެހުނު 3 ކޯޓު ދެން އަޅާނީ ދަނޑުގެ އުތުކޮޅުގައި އޮންނަ ހުސްބިމުގައެވެ. އޭނާ ވިދާޅުވީ ދަނޑުގެ މަޝްރޫއު ނިމޭއިރު މިހާރު އޮތް ދަނޑަށްވުރެ ދަނޑުގެ ސައިޒުވެސް ބޮޑުވާނެކަމަށެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top