އޭދަފުށީގެ 4 ޒުވާނަކު ފޯސީޒަންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ދަސްވެނިވެއްޖެ

12980592_1301902499826813_1461950417_n.jpg

ފޯސީޒަން ރިސޯޓް މޯލްޑިވްސްގެ ފަރާތުން ދިވެހި ޒުވާނުންނަށް ޓޫރިޒަމްގެ ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން ގެންދާ ޕްރޮގްރާމްގެ ދަށުން މިއަހަރު، ހޮސްޕިޓަލިޓީ ދާއިރާއިން ހިންގި ދަސްވާރު ޕްރޮގްރާމްގައި ބައިވެރިވި ކުދިންތަކުގެ ތެރޭގައި އޭދަފުށީގެ ހަތަރުދަރިވަރަކު ދަސްވެނިވެއްޖެއެވެ. މި ކުދިންގެ ތެރޭގައި ހިމެނެނީ އަލީ ޝުއައިދު އާއި އަހުމަދު ނަޒުވާން އާއި އިސްމާއިލް ސައީދު އަދި ޖިނާން ހަމީދުއެވެ.

ފޯސީޒަން އިންޓަނެޝަނަލްގެ ފަރާތުން ރާއްޖޭގައި ހިންގަމުން ގެންދާ ލަނޑާގިރާވަރު ރިސޯޓާއި ކުޑަހުރާ ރިސޯޓް ގައި ކުރިއަށް ގެންދިޔަ އެޕްރެންޓިސް ޕްރޮގްރާމްގައި މިދިޔަ އަހަރު ބައިވެރިވުމަށް ފުރުސަތު ލިބިފައިވަނީ 61 ކުދިންނަށެވެ. ނަމަވެސް މި ކުދިންގެ ތެރެއިން ދަސްވާރުކަން ފުރިހަމަކުރީ 52 ކުދިންނެވެ.

މި ކުދިންގެ ތެރެއިން ސޭފް މެރިޓައިމް ޓްރާންސްޕޯޓުގެ ދާއިރާއިން ފަސް ދަރިވަރަކާއިހައުސްކީޕިންގެ ދާއިރާއިން އަށްދަރިވަރަކާއި ވޯޓާ ސްޕޯޓްސް އެޓެންޑާންޓުގެ ގޮތުގައި ތިން ދަރިވަރަކު، ޑައިވް މާސްޓަރުންގެ ގޮތުގައި ތިން ދަރިވަރަކު، މެރީން ބަޔޮލޮޖީއިން ދެ ދަރިވަރަކު، އިންޖިނިއަރިންއިން ތިން ދަރިވަރަކު އަދި ފްރަންޓު އޮފީސްއިން ތިން ދަރިވަރަކު ދަސްވެނިވެފައި ވެ އެވެ

މީގެ އިތުރުން، ފުޑް އެންޑް ބެވެރެޖެސް ސާވިސްއިން 13 ދަރިވަރަކާއި، ފުޑް އެންޑް ބެވެރެޖެސް ޕްރިޕެރޭޝަނުން 10 ދަރިވަރަކު ދަސްވެނިވި އިރު، މިއަހަރު އަލަށް ފެށި ސާފް އެޓެންޑަންޓުންގެ ދާއިރާއިންވެސް ދެ ދަރިވަރަކު ދަސްވެނިވެފައިވެ އެވެ

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top