ކުލަގަދަ ރަސްމިއްޔާތަކާއެކު މަހާސިންތާ ނިންމައިފި

12472297_489904981217441_8270794827304924912_nމިމަހުގެ 5 ން 8 އަށް އޭދަފުށީގައި ބޭއްވި ރައީސްޔާމީން 2018- ކެމްޕެއިން ލީޑަރުން ތައްޔާރުކުރުމުގެ މަހާސިންތާ ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ އޭދަފުށީގައި ނިންމާލައިފިއެވެ.

މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނަކީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުއެވެ.

ހަ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އޭދަފުިށި ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މެނޭޖިންގް ޑިރެކްޓަރުންނާއި ރައީސްލުޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް މުއާޒް ވެސް ބައިވެރިވެވަޑައިގަތް މި މަހާސިންތާ ނިންމާލީ ކާށިދޫ އަންހެންކުދިންގެ ބަނޑިޔާ ޖެހުމުގެ އިތުރުން އޮލިމްޕިއަންސްގެ މިއުޒިކާއެކުގައެވެ.

ޝަރަފްވެރި މެހްމާންގެ އިތުރުން ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތް މިނިސްޓަރުންގެ ތެރޭގައި ހިމެނެނީ ޔޫތު މިނިސްޓަރ އިބްރާހީމް ޒުހޫރުއާއި އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއާއި އިސްލާމިކް މިނިސްޓަރ ޑރ. ޒިޔާދުއާއި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އާއި އެންވަޔަރންމިނިސްޓަރ ތާރިގު އިބްރާހީމްއެވެ.

މަހާސިންތާ ނިންމުމުގެ މި ރަސްމިއްޔާތުގައި މިހާރު ބ. އަތޮޅުގައި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާ މަސައްކަތް ފެށުމަށް ތައްޔާރުވެފައި އަދި ކުރަން ރޭވިފައިވާ އެކިއެކި މަޝްރޫއު ތަކުގެވީޑިއޯ ޕްރެސެންޓޭޝަނެއް ހުށަހަޅައިދިނުން އޮތެވެ.

ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި ދެއްކެވި މިނިސްޓަރުންގެ ވާހަކައިގާ ސަރުކާރުން އަތޮޅުތެރޭގެ ތަރައްގީއަށް ކޮށްދެއްވަމުން ގެންދަވާމަސައްކަތްތައް ފާހަގަކޮށް ރައީސް ޔާމީންގެ ޒައާމަތުގައި ގައުމުގެ ތަރައްގީގެ ދުވެލިވަނީ މީންޒަމާނަކުވެސް ނުދެކޭފަދަ ބޮޑު ކުރިއެރުމާއެކު މެކުހަށް ޖަހާފައިވާ ކަންފާހަގަކޮށް އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

އަދި މިމަހާސިންތާ އަކީ އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ މަހާސިންތާއަށް ވެފައި މިހާފުރިހަމަކަމާ ކާމިޔާބުކަމާއެކު ނިންމާލުމުގެ ފަހަތުގައި ހުންނެވި މަހާރެހެންދި ފާތުންނަށް ހުރިހާ ބޭފުޅުންވެސް ތާރީފުކޮށް ޝުކުރު އަދާކުރެއްވިއެވެ.

މަހާސިންތާގެ މައުލޫމާތު މީޑިއާއަށް ދެމުން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އަތޮޅު ތެރޭގައިބޭއްވި ފުރަތަމަ މަހާސިންތާ ވަރަށް ކާމިޔާބު ކަމަށެވެ. ރައީސް ޔާމީންގެ 2018ގެ ކެމްޕޭން ގައި ހަރަކާތްތެރިވާން ބ އަތޮޅުން ޝައުގުވެރިކަން ފާޅު ކުރި 360 މީހަކު މަހާސިންތާ އިން ތަމްރީން ކުރެވުނު ކަމށާއި އެގޮތުން ބ އަތޮޅުގެ ތިން ރަށެއްގައި މަހާސިންތާ ބައްދަލުވުންތައް ބޭއްވުނު ނަމަވެސް އެހެން ރަށްރަށުގައި ޑޯޓުޑޯތައް ބާއްވައި ރައީސްގެ ސިޔާސަތުތައް އޮޅުންފިލުވައިދެވުނު ކަމަށް މުއާޒު ވިދާޅުވިއެވެ.

މަހާސިންތާގެ މައިގަނޑު ޖަލްސާތައް ބޭއްވީ، އޭދަފުށީ، ދަރަވަންދޫ އަދި ތުޅާދޫ ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top