ހަތަރު މިނިސްޓަރުންނާއެކު ސަރުކާރުގެ އިސްވެރިންތަކެއް އޭދަފުށީގައި

20160408_155417.jpg

ރައީސްޔާމީން 2018- ކެމްޕެއިން ލީޑަރުން ތައްޔާރުކުރުމަށް އޭދަފުށީގައި ބޭއްވި މަހާސިންތާ ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދައުލަތުގެ ހަތަރު ވަޒީރުންނާއި އޭދަފުށި ދާއިރާގެ އެމްޕީ އަހްމަދު ސަލީމުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މެނޭޖިންގް ޑިރެކްޓަރުންނާއި ރައީސްލުޖުމްހޫރިއްޔާގެ ސްޕޯކްސް ޕާސަން އިބްރާހީމް މުއާޒް ގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މެނޭޖިންގ ޑިރެކްޓަރުން އޭދަފުޢްޓަށް ވަޑައިގެންފިއެވެ. 20160408_15541120160408_15531920160408_15535220160408_155415

މި ވަގުތު އޭދަފުށީގައި ތިއްބެވި މިނިސްޓަރުންގެ ތެރޭގައި މިނިސްޓަރުންގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުއާއި ޔޫތު މިނިސްޓަރ ޒުހޫރު އަދި އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުގެ އިތުރުން އިސްލާމިކް މިނިސްޓަރ ޑރ. ޒިޔާދު ހިމެނިވަޑައިގަންނަވައެވެ.

މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު އޮތީ މިރޭ އޭދަފުށީގައެވެ.

20160408_155834

އަތޮޅުގެ ހުރިހާ ރަށަކުން މަންދޫބުން ބައިވެރިވެގެން ބޭއްވި މިމަހާސިންތާގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސާފުކޮށް އެކަންކަން ރަނގަޅު ކުރުމަށް ކުރެވެންހުރި ކަންކަމާ ބެހޭގޮތުން ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ޖައްވެއްގައި މަޝްވަރާކުރެވިގެން ދިޔައެވެ. އެގޮތުން މިއީ ވަރަށް ކާމިޔާބު މަހާސިންތާއެއްގެ ގޮތުގައި ފާހަގަވެގެން ދިޔަކަމަށް މަހާސިންތާ އިންތިޒާމުކުރި ޓީމުން ފާހަގަ ކުރެއްވިއެވެ.

މި މަހާސިންތާއިން ނިމުނުކަންކަމާއި މަޝްވަރާކުރެވުނު ކަންކަން ސީދާ ރައީސުލްޖުމްހޫރިއްޔާގެ ސަމާކުކަމަށް ގެނެވޭނެކަމަށް މިމަހާސިންތާ އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top