އޭދަފުށީގައި މިއަދު ފެށި ލޭޓް އަހްމަދު ޝާހީން ފުޓްސަލް މުބާރާތުގައި ކުޅުނު ދެ މެޗުން މޮޅުވީ ސޮނޭވާފުށި ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓެވެ.
މި މުބާރާތްހުޅުވި ފުރަތަމަ މެޗްގައި ސޮނޭވާއާ އޭދަފުށި ޕޮލިސް ޓީމް ބައްދަލުކުރި މެޗުން ސޮނޭވާ މޮޅުވެފައިވަނީ 8-4 ންނެވެ.
މި މެޗްގައި ސޮނޭވާ ޓީމުގެ އަޒްމީންވަނީ ހެޓްރިކްހަދާފައެވެ. އަދި ކެޕްޓަން މަޖީދުގެ ދެލަނޑާއެކު ވިޝާމް އާއި ޝާޑް ގެ އިތުރުން މާޖިދުވަނީ ކޮންމެ ކުޅުންތެރިއަކުވެސް ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދީފައެވެ.
އޭދަފުށި ޕޮލިސް ޓީމް ހަތަރު ލަނޑު ޖަހާފައިވަނީ އިބްރާހީމްގެ ދެލަނޑާއެކު ސިމާންއާއި މަދީން ހިމެނޭ ގޮތުން ކޮންމެ ކުޅުންތެރިއަކު ލަނޑެއް ޖަހައިގެންނެވެ.

އިރުމަތީލަވަރސް އާއި ރޯޔަލް ބައްދަލުކުރި މެޗްގެ ޝަރަފްވެރި މެހަމާން ،ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ މުހައްމަދު ހާނިމް ދެޓީމުގެ ކުޅުންތެރިންނާ ސަލަޏްކުރައްވަނީ. ފުޓޯ : އީޓީ
\ދެވަނަ މެޗްގައި ބައްދަލުކުރި ރޯޔަލް އައިލެންޑް ޓީމާއި އިރުމަތީ ލަވަރސް އެވެ. 4-2ން މި މެޗް ރޯޔަލް ޓީމުން ކާމިޔާބު ކުރިއިރު ރޯޔަލް ޓީމުން ލަނޑުޖަހާފައިވަނީ އުބައިދުﷲ އާއި އަނަސް އަދި އިބަރާހީމް ޝަރީފުއާއި ފަޔާޒްއެވެ. އިރުމަތީ ލަވަރސްގެ ދެލަނޑު ޓީމަށް ކާމިޔާބު ކޮށްދިނީ އަފްރާހް އާއި ހަމްދާން އެވެ.
މުބާރާތުގައި މާދަމާ ހަވީރުވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އަމިއްލަފުށީ ރިސޯޓް އާއި ޔުނައިޓެޑްވީ އެވެ. ދެވަނަ މެޗުގައި ފޯސީޒަން ރިސޯޓާ ދެކޮޅަށް ނުކުންނާނީ ކިހާދު މޯލްޑިވްސް އެވެ.