“މާސްޓަރ ޝެފް މޯލްޑިވްސް” އިފްތިތާހުކޮށްފި

big_yPABXINpa0DEiqR2YHD8AJgeO.jpg

ފޮޓޯ :ޕީއެސްއެމް

މަޝްހޫރު ޓީވީ ފްރެންޗައިޒް، “މާސްޓަރ ޝެފް”،  ޕީއެސްއެމްއިން ރޭ އިފްތިތާހު ކޮށްފި އެވެ.

ޓީވީއެމްގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އެންޑެމޯލް ޝައިން ކުންފުނީގެ ފްރެންޗައިޒް، “މާސްޓަޝެފް މޯލްޑިވްސް” އިފްތިތާހު ކޮށްދެއްވީ ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދެވެ.

“މާސްޓަޝެފް މޯލްޑިވްސް” އިފްތިތާހު ކޮށްދެއްވުމަށްފަހު މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވީ މާސްޓަރ ޝެފްގެ ޝޯވްތައް ސެޕްޓެމްބަރ މަހުގެ ތެރޭގައި ދައްކަން ފަށާނެކަމަށެވެ. އަދި މީރު ރަހައާއި ކުޅަދާނަ ކެއްކުންތެރިކަމަކީ ދިވެހީންގެ ލެޔާއި ގުޅިފައިވާ ކަމެއްކަމަށް ވިދާޅުވެ، މިއީ ކުރިއަރަމުން އަންނަ ޒުވާން، އުންމީދީ ކައްކާއިންނާއި މި ރޮނގުން ކުރިއަށްދާން ބޭނުންވާ ދިވެހީންނަށް ބައިނަލްއަގުވާމީ ފަންތީގައި ވާދަކޮށް، ބެލުންތެރިންނާއި މުޅި ދުނިޔެއަށް މި ފަންނުގައި ދިވެހީންގެ ހުނަރާއި ގާބިލްކަން ސާބިތުކޮށްދިނުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި “މާސްޓަޝެފް މޯލްޑިވްސް”ގެ ފުރަތަމަ ސީޒަންގެ ސްޕޮންސަރުންނާއެކު ވަނީ ސޮއިކޮށްފައެވެ. ޓައިޓްލް ސްޕޮންސަރއަކަށް ހަމަޖައްސާފައިވަނީ ދިރާގުއެވެ. މީގެއިތުރުން އެސްޓީއޯ، ވިލާ ކޮލެޖް އަދި ބެންކް އޮފް މޯލްޑިވްސްއާއެކުވެސް ވަނީ ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ދިރާގަކީ ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ ފްރެންޗައިޒް ޝޯ، މޯލްޑިވިއަން އައިޑަލްގެ ވެސް ޓައިޓްލް ސްޕޮންސަރެވެ.

މާސްޓަޝެފް މޯލްޑިވްސްގެ ފުރަތަމަ ސީޒަން ޓީވީ ސްކްރީނަށް އަންނާނީ އަންނަ ސެޕްޓެންބަރުމަހުގެ ތެރޭގައެވެ. ނަމަވެސް. އޭގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުން ޝޯވއަށް ބައިވެރިން ހޯދުމާއި މުބާރާތުގެ ޖަޖުން އިއުލާނުކުރުމާއި މިނޫން ވެސް ޝޯވއާ ގުޅޭ މުހިންމު ހަރަކާތްތައް ގެންދިއުމަށް ވަނީ ރާވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top