”ޝާޕް”ގެ އާ އުފެއްދުންތަކެއް ރެޑްވޭވަށް

large_157942047344QwvU.jpg

ރެޑްވޭވުން ތައާރަފްކުރި ޝާޕް ބްރޭންޑްގެ އާ އައިޓަމްސްތަކެއް--- ފޮޓޯ: ރެޑްވޭވް

މަޝްހޫރު އިލެކްޓްރޯނިކްސް ކުންފުނި ”ޝާޕް ” ބްރޭންޑް ގެ އާ އުފެއްދުން ތަކެއް ރެޑްވޭވުން ތައާރަފުކޮށްފި އެވެ.

ދިރިއުޅުމަށް ބޭނުންވާ ގިނަ ތަކެތި އެންމެ އަގުހެޔޮކޮށް ކޮލިޓީ ބްރޭންޑްތައް ވިއްކަމުންގެންދާ މަޝްހޫރު ”ރެޑްވޭވް ކުންފުނިން ބުނީ ޝާޕްގެ ޑިސްޓްރިބިއުޓާޝިޕް އެ ކުންފުންޏަށް ލިބުމާއެކު، މިހާރު އަލަށް ތައާރަފު ކޮށްފައިވާ ރޭންޖުތަކުގެ ތެރޭގައި އިސްތިރި އާއި ވެކިއުމް ކްލީނާ އަދި ފެން ކައްކާ ޖަގުގެ އިތުރުން ރައިސް ކުކާ އާއި އައިސް އަލަމާރި ހިމެނޭ ކަމަށެވެ. މީގެ އިތުރުން ޝަވާ ހީޓާ އާއި ދޮންނަ މެޝިން، އަދި މިކްސަރުގެ އިތުރުން އަވަނާއި މައިކްރޯވޭވް އަވަން ވެސް ހިމެނެއެވެ.

ރެޑްވޭވް ލިވިން މޯލްގައި ވިއްކަން ހުރި އެހެން ބާވަތްތަކުގެ ތެރޭގައި އެއާ ޕިއުރިފަޔާ އާއި އެއާ ކޫލަރުގެ އިތުރުން ހޯމްތިއޭޓާގެ ފަސް ވައްތަރެއް ވެސް ހިމެނޭ ކަމަށް ރެޑްވޭވުން ބުނެއެވެ.

ރެޑްވޭވުން ވަނީ ޝާޕް ބްރޭންޑުގެ އޭސީ އާއި އައިސް އަލަމާރި އަދި ދޮންނަ މެޝިންވެސް މީގެ ކުރިން  ރާއްޖެއަށް ތައާރަފްކޮށްފަ އެވެ.

ރެޑްވޭވުން ބުނީ މި އުފެއްދުންތަކުގެ ތެރެއިން އެންމެ ހާއްސަ ވަނީ ޖަޕާނުން ދުނިޔެ އަށް އިންގިލާބް ގެނެސްދީފައިވާ، “ޕްލާޒްމާކުލަސްޓާ އިއޯން ޓެކްނޮލޮޖީ” ހިމެނޭ ވައިސާފުކޮށްދޭ އެއާ ޕިއުރިފަޔާ އާއި އައިސް އަލަމާރި ކަމަށެވެ.

ޝާޕް ބްރޭންޑްގެ އައިޓަމްތައް ރެޑްވޭވުން ލިބޭނީ ސާވިސް ވޮރަންޓީއާ އެކުގައެވެ. އަދި ސާވިސް ފޯރުކޮށްދޭނީ ރެޑްވޭވްގެ ޓީމުން ނެވެ.

ޝާޕްގެ މި ޕްރޮޑަކްޓްތަކަކީ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާޝިޕްގެ ދަށުން ހަމައެކަނި ރެޑްވޭވުން ވިއްކާ ހާއްސަ، އެކްސްކުލޫސިވް ރޭންޖު ތަކެއް ކަމަށް ރެޑްވޭވުން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top