ގޯލްޑަން ފުޓްސަލް ޗެލެެންޖްގެ ބ.އަތޮޅުގެ ޗެމްޕިއަން ކަން އޭދަފުށި ހޯދައިފި

IMG_9675.jpg

އޭދަފުށި ޓީމް

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ބ.އަތޮޅު ޗެމްޕިއަން ކަން  އޭދަފުށި ހޯދައިފިއެވެ.

އަތޮޅު ޗެމްޕިއަން ކަން އޭދަފުށި ހޯދާފައިވަނީ ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި ކުޑަރިކިލާ ބައްދަލުކޮށް 18 ލަނޑު ޖަހައި ލަނޑުގެ ތަފާތުން ހިތާދޫ އަށްވުރެ ކުރި ހޯދައިގެންނެވެ.

މި މުބާރާތުގައި އަލަށް ބައިވެރިވެ އޭދަފުށި ޗެމްޕިއަންކަން ހޯދުމުން އޭދަފުއްޓަށް ވަނީ ތައްޓާއި މެޑަލް ހަވާލުކޮށްފައެވެ.

ރޭގެ މެޗު ތަފާތު ބޮޑުކޮށް އޭދަފުށި މޮޅުވެފައިވާ އިރު ހިތާދޫ ވަނީ 10-2 އިން ތުޅާދޫ ބަލިކޮށްފައެވެ. ވުމާއެކު ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނު އިރު އޭދަފުއްޓާއި ހިތާދޫއަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. އޭދަފުއްޓަށް ޗެމްޕިއަންކަން ޔަގީންވީ ލަނޑުގެ ތަފާތުން ފަސް ލަނޑު އިތުރުވުމުންނެވެ.

އަތޮޅު ޗެމްޕިއަން އަކަށް ވުމުން ދެން އޭދަފުށި ވާދަކުރަންޖެހޭނީ މި މުބާރާތުގެ ޒޯން ބުރުގައެވެ. އޭދަފުށި ހިމެނޭ ޒޯންގައި ހިމެނެނީ ރ އަދި ނ އަތޮޅެވެ. ޒޯން ބުރުން ގަދަ ދެޓީމު ގަދަ 16 އަށް ދަތުރު ކުރާއިރު، އެ ބުރުގައި ޖުމްލަ 16 ރަށަކުން ކުޅޭނެއެވެ.

55 ރަށަކުން ވާދަކުރާ މި މުބާރާތަކީ ރާއްޖޭގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top