ބައިލައްކަ ރުފިޔާގެ އިނާމާއެކު ކަމަދޫ ރަމްޒުކޮށްދޭ މޮނިއުމަންޓް ފަރުމާ ކުރުމަށް ހުޅުވާލައިފި

img_md_202409091138051725863885.0875.jpg

ބަައިލައްކަ ރުފިޔާގެ އިނާމާއެކު ބ.ކަމަދޫ ރަމްޒުކޮށްދޭ މޮނިއުމެންޓެއް ފަރުމާ ކުރުމުގެ ފުރުސަތު ކަމަދޫ ކައުންސިލުން ހުޅުވާލައިފި އެވެ.

މިކަމަށް އެދި ކަމަދޫ ކައުންސިލުން ކުރި އިއުލާނެއް ގައި ބުނީ ޑިޒައިން ހުށަހަޅާ ފަރާތަކީ ކަމަދޫގެ ރައްޔިތެއް ނުވަތަ އެފަރާތެއްގެ މަންމަ ނުވަތަ ބައްޕަ ކަމަދޫގެ ރަޖިސްޓްރީގައި އޮންނަ ފަރާތަކަށް ވާންވާނެ ކަމަށެވެ. އަދި ޑިޒައިންތަކުގެ ތެރެއިން އެންމެ ކަމުދާ ރަނގަޅު ޑިޒައިނަކަށް 50,000 (ފަންސާސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދޭން ކައުންސިލުން ވަނީ ނިންމާފައެވެ.

ކަމަދޫ ރަމްޒު ކޮށްދޭ މޮނިއުމަންޓް ފަރުމާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މޮނިއުމެންޓް ފަރުމާ ކުރުމަށްފަހު 28 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް ނުވަތަ ކަމަދޫ ކައުންސިލަށް ހުށަހެޅުމަށް އެކައުންސިލުން އެދެއެވެ.

ކަމަދޫއަކީ ހިތްގައިމު، ރިތި އަދި އީދު ކުޅިވަރު ކުޅުމުގައި ރާއްޖޭގައި ފާހަގަ ކޮށްލެވޭ ރަށެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top