”ޑރ. ޕެޕާ“ނުވިއްކުމަށާއި ނައްތާލުމަށް އަންގައިފި

large_1756205750398eNt.jpeg

ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ލުއިބުއިމެއް ކަމަށްވާ ‘ޑރ. ޕެޕާ’ ނުވިއްކައި، ނައްތާލުމަށް އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު އިއުލާނެއްގައި ވަނީ، އެމެރިކާގައި އުފައްދާ ޑރ. ޕެޕާގައި ހުންނަން ޖެހޭ ވަރަށް ވުރެ އިތުރަށް ބެންޒޮއިކް އެސިޑް އިތުރުކަން ފާހަގަވެފައިވާ ކަމަށެވެ. ބެންޒޮއިކް އެސިޑަކީ ސޮފްޓް ޑްރިންކްތަކުގައި ބެކްޓީރިއާ ފަދަ މާއްދާތައް އުފެދުން ހުއްޓުވުމަށް ބޭނުންކުރާ ޕްރެޒަވޭޓިވްއެކެވެ.

އެފްޑީއޭއިން ބުނީ، ޑރ. ޕެޕާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) މެދުވެރިކޮށް އެ އޮތޯރިޓީއަށް އަންގައިފައިވާ ކަމަށެވެ.

އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އުފެއްދުން އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް  އަންގާފައި ވެއެވެ. އަދި ބާޒާރުގައި މިހާރު ހުރި ނަމަ ޑރ. ޕެޕާ ނަގައި، ނައްތާލުމަށް އެމްއެފްޑީއޭ އިން އިލްތިމާސް ކުރިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top