ޔާމީންގެ ފޮޓޯ ޖަހައިގެން ކެމްޕޭނު ނުކުރަން އެދިއްޖެ

FZ5a38OaUAAwez0.jpg

އަންނަން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި ވާދަކުރާ އެއްވެސް ފަރާތަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯ ޖަހައިގެން ކެމްޕޭނު ނުކުރަން އެމަނިކުފާނު އިސްވެ އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އެދިއްޖެ އެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ރައީސް ޔާމީންގެ އެންޑޯސްމަންޓް ދެއްވާފައި ނުވާނެ ކަމަށެވެ.

“އެކިއެކި ބޭފުޅުން އެމަނިކުފާނުގެ ފޮޓޯފުޅު ކެމްޕޭނުގައި މިވަގުތު ބޭނުން ކުރުމަކީ މިޕާޓީން ރުހޭ ކަމެއް ނޫން ކަމުގައި ދަންނަވަން،” މަލީހު ވިދާޅުވި އެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. އެ ޕާޓީ އަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް ޔާމީން އެވެ.

ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމުން 3000 މީހުންގެ ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ އެވެ. އެ މަސައްކަތް ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި 3000 މެންބަރުން ހަމަކުރުމުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބޭނެ އެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭނީ 10،000 މެންބަރުން ހަމަވުމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top