ބީއެމްއެލްގެ ނަމުގައި އަނެއްކާވެސް ފޭކު މެސެޖެއް

bml.jpg

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި އަނެއްކާވެސް ފޭކު މެސެޖެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ބޭންކުން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލްގެ ނަމުގައި ފޮނުވަމުންދާ މި އެސްއެމްއެސްގައި ބުނެފައިވަނީ ޓްރާންސެކްޝަނެއްގެ ސަބަބުން އެކައުންޓް ލިމިޓްވެފައިވާ ކަމަށެވެ. އަދި އެކައުންޓް ރި-އެކްޓިވޭޓްކުރުމަށް މެސެޖުގައިވާ ލިންކަށް ފިއްތުމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް އިން ބުނީ އެ ބޭންކުން އެއްވެސް ލިންކަކާއެކު އެސްއެމްއެސް ނުފޮނުވާނެ ކަމަށެވެ.

ބީއެމްއެލް ގެ ނަމުގައި ފޮނުވަމުންދާ މެސެޖް

މިފަދަ ލިންކްތަކަށް ނުވަނުމަށާއި އިންޓަނެޓް ބޭންކިންގެ ލޮގިން މައުލޫމާތު އެއްވެސް މީހަކަށް ނުދިނުމަށްވެސް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

ފުލުހުން މިދިޔަ މަހު ހާމަކުރި ގޮތުގައި ސްކޭމް މައްސަލަތަކުގެ ރެކޯޑް ބަލަހައްޓަން ފެށިފަހުން މިހާތަނަށް އެފަދަ މައްސަލަތަކުގައި 57 މިލިއަން ރުފިޔާ ގެއްލިފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top