ކިޔެވުމާ އެއްވަރަށް ކުޅިވަރުވެސް ކުދިންނަށް މުހިއްމު : މެޑަމް ސާޖިދާ

331724_3d02c825-6_.jpg

ނެސްލޭ ކިޑްސް ނެޓްބޯލް ފެސްޓްގައި ބައިވެރިވި ދަރިވަރަކަށް މެޑަމް މެޑެލް ހަވާލުކޮށްދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

ކިޔެވުމެކޭ އެއްވަރަށް ކުޅިވަރުގައިވެސް ކުދިން ކުރިއަށްގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ އަނބިކަނބަލުން ސާޖިދާ މިހެން ވިދާޅުވީ، އިއްޔެ ހަވީރު ހެންވޭރު ފުޓްބޯޅަ ދަނޑުގައި ބޭއްވި ނެސްލޭ ކިޑްސް ނެޓްބޯލް ފެސްޓް 2023 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސާޖިދާ ވިދާޅުވީ ކުދިންގެ ހެދިބޮޑުވުމުގައި ކުޅިވަރަކީ ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމުގައިވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށެވެ. އަދި ކުޅިވަރަކީ ހަމައެކަނި ވަނަ ހޯދުމަށް ކުރާކަމެއް ނޫން ކަމަށާއި، އޭގެ އިތުރުން ކަސްރަތެއްގެ ގޮތުގައި ވެސް ބަލައިގެން ކުރިއަށް ދިއުމަށް އެދިވަޑައިގެންނެވި އެވެ.

އެކަމަނާވަނީ، އެ ފިއެސްޓް އަކީ ކުރިމަގުގައި މާލޭގެ ސްކޫލްތަކުގެ އިތުރުން އަތޮޅުތަކުގެ ސްކޫލްތަކުގެ ބައިވެރިވުން ވެސް އޮންނަ ފިއެސްޓް އަކަށް ހެދުމަށް އެދިވަޑައިގެންފައެވެ. އަދި އަތޮޅުތަކުގެ ސްކޫލް ދަރިވަރުންނަށް ބައިވެރިވެވޭނެ ގޮތަށް ފިއެސްޓާތައް އިންތިޒާމް ކުރުން މުހިންމުކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއާ ގުޅިގެން ފިއޮންޓި ސްޕޯޓްސް އެކަޑަމީން އިންތިޒާމު ކޮށްގެން ބޭއްވި މި ފިއެސްޓާ އަކީ މާލޭގެ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގައި އެކި ސްކޫލްތަކުން ޖުމްލަ 1000 އަށްވުރެ ގިނަ ކުދިން ބައިވެރިވި އެވެ.

ސާޖިދާ ވަނީ މުބާރާތުގެ ފައިނަލް މެޗްތައް ބައްލަވާލައްވައި މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލް ހަވާލުކޮށްދެއްވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top