ބޭންކުތަކަށް ޑޮލަރު ދޫކުރާ އަދަދު މިއަހަރު އިތުރުކޮށްފި

united-states-dollar-american-dollar-is-the-official-currency-of-the-united-states-and-its-insular-territories-the-circulating-paper-mone.jpg

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބޭންކުތަކަށް ޑޮލަރު ދޫކުރާ އަދަދު މިއަހަރު އިތުރުކޮށްފައި ވާކަމަށް ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޓީގައި އިންނަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމާދު ވިދާޅުވީ ބޭންކުތަކަށް ދޭ ޑޮލަރު މިދިޔަ އަހަރަށް ވުރެ އިތުރު ކޮށްފައި ވާކަމަށެވެ. ނަމަވެސް، އިތުރު ބަދަލެއް ނުގެންނަ ކަމަށާއި ވިޔަފާރިވެރިންނަށް ދޫކުރާ ޑޮލަރުގެ ޕަސެންޓަށް ބަދަލު އައުމަކީ ބީއެމްއެލްގެ ބިޒްނަސް އޮޕަރޭޝަންތަކަށް ގެނެސްފައިވާ ބަދަލުތަކެއް ކަމަށް ފާހަގަ ކުރެވޭކަމަށް އިމާދު ވިދާޅުވިއެވެ.

“އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ އަދަދު 2023ވަނަ އަހަރަށް ވުރެ 2024ވަނަ އަހަރު އިތުރު ވާނެ،” އޭނާ ވިދާޅުވިއެވެ.

ބޭރު ފައިސާ ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބީއެމްއެލް އިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން، ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ކާޑު ލިމިޓު ބޮޑުކޮށްދޭން ސަރުކާރުން ނިންމިޔަސް، އެކަން ކުރެވެން ނެތް ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top