ކުޑައީދަށް ހަނދުބެލުން މިރޭ

b_Y0lupniLtEGw3DRfg9tsDtGcl.jpg

މިއަހަރުގެ ކުޑައިޑަށް ނުވަތަ ޝައްވާލު މަހުގެ ހަނދު ސާބިތުކުރަން ބާއްވާ ޖަލްސާ މި ރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ ޖަލްސާ އޮންނާނީ މި ރޭ 8:30 ގައި އިސްލާމީ މަރުކަޒުގައި ކަމަށެވެ.

މި ޖަލްސާގައި އިސްލާމީ ގައުމުތަކުގައި ހަނދު ސާބިތުކުރުމާ ގުޅޭ ގޮތުން އަމަލުކުރާ އުސޫލުތަކާއި ފަލަކީގޮތުން ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލްތަކަށް ބިނާކޮށް މި އަހަރުގެ ފިތުރު އީދު ދުވަސް އިއުލާނު ކުރާނެ އެވެ.

ކަލަންޑަރު ގައިވާ ގޮތުން މާދަމާއަކީ މި ރަމަޟާން މަހުގެ 30ވަނަ ދުވަހެވެ. އެހެންވެ މި އަހަރުގެ ފިތުރު އީދު ދުވަހަކީ ހޯމަ ދުވަހެވެ.

މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައި ނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އަދި ރަށްރަށުގައި ނަމަ އެ ރަށެއްގައި ކަމާބެހޭ އިދާރާތަކަށް އަންގަން ޖެހެއެވެ.

މެޖިސްޓްރޭޓެއް ނެތް ރަށެއްގައި ނަމަ ހަނދު ސާބިތުކުރުމަށް ހެކިބަސް ދޭނީ އެ ރަށެއްގެ ކައުންސިލްގެ އިދާރާ ނުވަތަ އެރަށެއްގެ އަވަށު އޮފީސް ހިންގުމާ ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅުމަތީގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top