ކަސޯޓީ ޒިންދަގީ ކީ އަނެއްކާވެސް ސިޓިންގރޫމްތަކަށް

1-1.png

ކަސޯޓީ ޒިންދަގީކޭ ގެ ތަރި ސްވޭތާ

އެއްއިރެއްގައި ދިވެހި ކޮންމެ ގެއެއްގައިހެން ސިޓިންގ ރޫމްތައް ފަޅުފިލުވައިދިން ހިންދީ ޑްރާމާ “ކަސޯޓީ ޒިންދަނީ ކޭ” އަނެއްކާވެސް ދައްކަން ފަށަނީއެވެ.

މަޝްހޫރު އެކްޓަރ ޖީތެންދްރާގެ އަންހެން ދަރިފުޅު އެކްތާ ކަޕޫރު އުފެއްދި ކަސޯޓީ ޒިންދަގީކޭ އަކީ ކްލެސިކް ލޯބީގެ ވާހަކައަކަށް ކުޅެފައިވާ ޑްރާމާއެކެވެ. އާއްމުގެ މެދުގައި ވަރަށް މަގްބޫލުވެގެން ދިޔަ މި ސިލްސިލާ ޑްރާމާ އަލުން އުފައްދަން އެކްތާ ނިންމާފައިވާއިރު މި ޝޯ އަލުން އުފައްދަނީ މުޅިން އާ ޝޯއެއްގެ ގޮތަށް އާ ތަރިންތަކަކަާއެކުގައެވެ.

“ސަތާރަ އަހަރަށް ފަހު އަހަރެން އަނެއްކާ ވެސް ޑްރާމާ މި ގެންނަނީ. އަމިއްލަ އަށް ތަޖުރިބާ އަށްވެސް ބެލުމަށްފަހު. އެއީ ނުވަ އަހަރު ވަންދެން ޓީވީ އިން ދެއްކި އަހަރެންގެ އެންމެ ކާމިޔާބު ލޯބީގެ ވާހަކަ،” ޑްރާމާ އަލުން އުފައްދަން ނިންމާފައިވާކަން ހާމަކުރަމުން އެކްތާ ބުނެފައިވެއެވެ.

މި ޑްރާމާ ސިލްސިލާގައި ހަރަކާތްތެރިވާ އެކްޓަރުން ވަރަށް އަވަހަށް އިއުލާން ކުރާނެކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

“ކަސޯޓީ ޒިންދަގީކޭ” ގެ ލީޑްރޯލު ކުޅުނީ ޝްވޭތާ ތިވާރީ އާއި ސިޒާންހާނެވެ. އެ ޑްރާމާ ސިލްސިލާ ދައްކާފައިވަނީ 2001ވަނަ އަހަރުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top