އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތުގައި ބ.އަތޮޅު ތައުލީމީމަރުކަޒު ބައިވެރިވެއްޖެ

20597534_2013069162052957_3229337033987183229_n.jpg

އެފްއޭއެމްގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިންޓަރސްކޫލް ފުޓްބޯޅަމުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒު ބައިވެރި ވެއްޖެއެވެ.

ރާއްޖޭގެ ސްކޫލްތަކާއި މަދަރުސާ އަދި ކޮލެޖް ތަކަށް ހުޅަުވާލައިގެން ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒާއި ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)) އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

މި މުބާރާތް އިންތިޒާމު ކުރެވިފައިވަނީ ތިން އުމުރުފުރައަކަށެވެ. އެއީ 14 އަހަރުންދަށާއި، 16 އަހަރުންދަށް އަދި 18 އަހަރުންދަށުގެ އުމުރުފުރާއެވެ. ތައުލީމީ މަރުކަޒުން ވާދަކުރަނީ 18 އަހަރުން ދަށުގަ އެވެ.

18 އަހަރުން ދަށުގެ ޝެޑިއުލް

17 މާޗު، (ހޮނިހިރު)، ސީއެޗްއެސްއީ – ބއތމ
19 މާޗު، (ހޯމަ)، ވިލާ ހައި ސްކޫލް – އަހްމަދިއްޔާ
22 މާޗު، (ބުރާސްފަތި)، ސީއެޗްއެސްއީ – އަހްމަދިއްޔާ
23 މާޗު (ހުކުރު)، ބއތމ – ވިލާ ހައި ސްކޫލް
25 މާޗު (އާދީއްތަ)، ވިލާ ހައި ސްކޫލް – ސީއެޗްއެސްއީ
26 މާޗު، (ހޯމަ)، ބއތމ – އަހްމަދިއްޔާ

ބއތމ – ވިލާ ހައި ސްކޫލް (23 މާޗު 2018)
ބއތމ – އަހްމަދިއްޔާ (26 މާޗު 2018)

މި މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒު ވަނީ 2012ވަނަ އަހަރުވެސް ބައިވެރިވެފައެވެ. އެއަހަރު މުބާރާތުން ބަލިވީ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ދަރުމަވަންތަ ސްކޫލް އަތުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top