މަގުހެދުމުގެ މަސައްކަތް އަވަސްކުރުމަށް 14 މީހުން ހޯދަން އިޢްލާންކޮށްފި

IMG_20170425_140126.jpg

އޭދަފުށީގެ މަގުތައް ހެދުމުގެ މަސައްކަތް އިއްޔެ އޭދަފުށީގައި ކުރިޔަށް ދަނީ. މިމަސައްކަތަށް އިތުރު މުވައްޒަފުން ހޯދަން ވަނީ އިޢްލާންކޮށްފައި / އީވީފޮޓޯ

އޭދަފުށީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި އެމްއާރުޑީސީ އޭދަފުށި ސައިޓަށް 14 މަގާމަކަށް މުވައްޒަފުން ހޯދަން އިޢްލާންކޮށްފިއެވެ.

މިސާދަ މާގާމަށް އިޢްލާންކޮށްފައިމިވަނީ މަގުހެދުމުގެ މަސައްކަތް ލަސްވަނީ މަގު ކޮންނަ މީހުންނާ، ވެހިކަލް ނެތުމުގެ ސަބަބުންކަމަށް އެމްއާރުޑީސީ އޭދަފުށީ ސައިޓުން މިމަހު ބުނެފައިވަނިކޮށެވެ. އެމްއާރުޑީސީން މިދިޔަ ހަފްތާ ކޮށްފައިވާ އިޢްލާންގައިވަނީ މަސައްކަތު 10މީހަކާ ސިމެންތި މަސައްކަތްކުރާ 4 މީހުން އޭދަފުށީ ސައިޓަށް ބޭނުންވާކަމަށެވެ.

އެމްއާރުޑީސީ އޭދަފުށީ ސައިޓް މެނޭޖަރ އަހްމަދު ބަޝީރު ވިދާޅުވީ މަގުހެދުމުގެ މަސައްކަތަށް އިތުރު މުވައްޒަފުން ހޯދަން އިޢްލާންކުރީ މަސައްކަތް އަވަސްކުރުމުގެ މަޤްސަދުގައިކަމަށެވެ.

އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރެވެމުންދަނީ މަގުތަކުގައި ފެންހިނދާ ޖަންގްޝަންއާއި، ހޮޅިތައް ވަޅުލުމުގެ މަސައްކަތެވެ. މިދިޔަ ސެޕްޓެމްބަރމަހު ފެށުނު މިމަސައްކަތް ދޭތެރެ ދޭތެރެއިން މެދުކެނޑެއެވެ.

މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ފެންހިންދާ އާ ހޮޅި ވަޅުލާ ނިމުނީ ބަނދަރު މަގާއެކު އިތުރު 2 މަގެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top