ފައިނަލް މެޗަށް އޮޅުވެލިފުއްޓަށް، ޓިކެޓެއް -/50ރއަށް؟!

viber-image-4-1024x576.jpg

މިނިވަން ޗެންޕިއަންޝިޕް ޒޯން 3 ގެ ފައިނަލް މެޗް ބެލުމަށް އޭދަފުށީން އޮޅުވެލިފުއްޓަށް ދާންބޭނުންވާ ސަޕޯޓަރުންނަށް ހެޔޮއަގުގައި ޓިކެޓް ލިބޭނޭ އިންތިޒާމް ހަމަޖައްސައި، ޓިކެޓް ވިއްކަން ފަށައިފިއެވެ.

މިދަތުރު އިންތިޒާމްކުރުމުގައި އުޅުއްވާ އިސްބޭފުޅެއްކަމުގައިވާ އަހްމަދު ނާޞިރު އީވީއަށް ބުނީ އޮޅުވެލިފުއްޓަށް ދާންބޭނުންވާ ސަޕޯޓަރުންނަށް މެޗް ބެލުމަށް ހޭދަކުރަންޖެހޭނީ އެންމެ -/50ރ ކަމަށާ، ދަތުރު ހަމަޖެހިފައިވަނީ އޭދަފުށީ “ނިޔާމަ” ބޯޓްގައި ކަމަށެވެ. އޭނާ ބުނީ ޖުމްލަ 116 މީހުންގެ ޖާގައިގެ މިބޯޓްގެ ޓިކެޓް ވިއްކަން ފަށާފައިވާކަމަށާ، ޓިކެޓް ބޭނުންވާ ބޭފުޅުން 7991220 އަށް ގުޅުއްވުން އެދޭކަމަށެވެ.

ނާޞިރު ބުނީ މިދަތުރުގެ ބޭނުމަކީ އޭދަފުށީގެ ވީހާ ގިނަރައްޔިތުން ޓީމަށް ސަފޯޓްކުރުމަށް އޮޅުވެލިފުއްޓަށް ގެންދިއުންކަމަށެވެ.

“ސިޔާސީ ވިސްނުމެއް ނެތް މިކަމުގައި. މިއީ ހަމަ އެކިހިޔާލުގެ މީހުން ގުޅިގެން ރަށުގެ ރައްޔިތުންނަށްޓަކައި ކޮށްދޭކަމެއް. ވަރަށް ތަރުހީބު ބޮޑުކޮށް ފެންނަނީވެސް.”

ނިޔާމަ ބޯޓުގެ އިތުރުން ބައެއް ލާންޗްތައްވެސް ޓިކެޓް ވިއްކައިގެން މާދަމާގެ މެޗަށް ސަޕޯޓަރުން ގެންދިއުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

އޭދަފުށީ ފުޓްބޯޅަ ޓީމަށް ސަޕޯޓްކުރުމަށް މިފަދަ ގޮތަކަށް ގިނަބަޔަކު ދަތުރުކުރެވޭނޭ އިންތިޒާމް މިދިޔަ އަހަރު މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް މެޗަށްވެސް އޭދަފުށީގެ އާންމުންގެ ބަޔަކު އިންތިޒާމް ހަމަޖެއްސިއެވެ. ވަރަށް ބޮޑު ތަރުހީބަކާއެކު އެފަހަރު ސަޕޯޓަރުން މާލެދަތުރުކުރީ “އަގޯޓާ” ބޯޓާ، “ނިޔާމަ” ބޯޓްގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top