ނުޝްރަތުގެ ޑްރީމް ބޯއި އަކީ ކާކު؟

Nushrat-Bharucha.jpeg

ނުޝްރަތު ބަރޯޗާަ އަކީ ހިންދީ ފިލްމީ ދުނިޔެއަށް އަދި އާ މޫނެކެވެ. އެހެން ނަމަވެސް މިދިޔަ ހުކުރު ދުވަހު ނުކުތް ރާޖް ޝާންޑިލިޔާ ޑައިރެކްޓް ކޮށްފައިވާ ފިލްމް “ޑްރީމް ގާލް” ގައި އޭނާ އަދާކޮށްފައިވާ އަޖައިބެއް ފަދަ މޮޅު ރޯލުގެ ސަބަބުން މިހާރު އެއީ ފިލްމީ ދުނިޔޭގެ “ޑްރީމް ގާލް” އެވެ.

އަޔޫޝްމާން ފަދަ މޮޅު މަޝްހޫރު ބަތަލަކާއެކު އޭނާ ކުޅުނު މި ފިލްމް ބްލޮކްބަސްޓާއަކަށް ވާނެކަމަށް ގަބޫލު ކުރެވިފައިވާ އިރު ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އަމާޒު މިހާރު ހުރީ ނުޝްރަތަށެވެ.

ޑްރީމް ގާލްގެ ކާމިޔާބާއެކު މިހާރު ކުރެވޭ ސުވާލަކީ ނުޝްްރަތުގެ “ޑްރީމް ބޯއި”އަކީ ކާކު ބާއެވެ. ނުވަތަ އޭނާގެ ޑްރީމް ބޯއި އަކީ އަސްލު ދިިރިއުޅުމުގެ ވެސް ޑްރީމް ބޯއި އަށް ވެދާނެކަމާމެދު ކުރެވޭ ސުވާލެވެ.

ހިނި ގަނޑެއް ޖަހާލާފައި ނުޝްރަތު ޖަވާބު ދިނެވެ. “ރަންބީރު ކަޕޫރަކީ އަހަރެންގެ ޑްރީމް ބޯއި. ަހަރެން އޭނާދެކެ ވަރަށް ލޯބިވޭ. އަދި ގަދަރު ކުރަން. އެއީ ވަރަށް މޮޅު އެކްޓަރެއް. އޭނާގެ ހުރިހާ ފިލްމަކީވެސް ވަރަށް ރީތި ފިލްމް ތަކެއް. އެގޮތުން ބަރްފީއަކީ ފާހަގަ ކުރެވޭ އެންމެ މޮޅު އެއް ފިލްމް. އަދި “ރޮކްސްޓާ “ގައި ކޮށްފައިވާ އެކްޓް ވެސް ވަރަށް މޮޅު “34 އަހަރުގެ ނުޝްރަތު ބުންޏެވެ.

ނުސްރަތު، ރަންބީރު ދެކެ އެހާ ލޯބިވާ އިރު ކުރިން ބައްދަލުވެ ވާހަކަ ދައްކާފައި ވޭ ހެއްޔެވެ؟ “އަހަރެންގެ އެންމެ ފަހުގެ އުފަން ދުވަހުގެ ޕާޓީއަށް އޭނާ އައި. އެތަނުން ވާހަކަ ދެކެވުނު. އެކަމަކު އެއީ ކުޑަވަގުތު ކޮޅެއްގެ ކުރު ބައްދަލު ވުމެއް.”

ނުޝްރަތު ބުނީ އަވަސް މުއްދަތެއްގައި މީހަކާ ރައްޓެހި ވެގެން އުޅުމުގެ ޝައުގުވެރިކަމެއް ނެތްކަމަށާއި އެކަން އަދި އޮތީ ފަހަތު ޝީތުގައި ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top