އޭދަފުށި ފަޅުތެރެ މުށިމަހުން ކުނިވެއްޖެ

DSCN0814-800x548-800x548-1.jpg

މީގެ އަހަރެއްހައި ދުވަސް ކުރިން ފެށިގެން އޭަދަފުށީ އުތުުރު ފަރާތު ފަޅުތެރޭގައި އައިނު ހަދާފައި އޮތް މުށިމަސް ތައް މަރުވެ ފަޅުތެރެ ކުނި ވެއްޖެއެވެ.

މުށިމަސްތައް ކުއްލިއަކަށް މަރުވި ސަބަބެއް އަދި އެނގިފައި ނުވާއިރު ބައެއް މީހުން ބުނަނީ އެއީ މޫސުމާއި ގުޅިގެން ފަޅުތެރޭގައި އޮއިވަރު ބަދަލުވެގެން ދިވާމި ކަމެއް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ހުއިފިލަނޑާ ކައްކާފައިހުރި ފެންގަނޑެއް ފަޅު ތެރެއަށް އެޅުމުން އޭގެ ވިހައިގެ ސަބަބުން މަސްތައް މަރުވީ ކަމަށެވެ.

އޭދަފުށީ ކައުންސިލުން ހާމަ ކުރި ގޮތުގައި މުށިމަސްތައް މަރުވުމަށް ދިމާވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ.

މުށިމަހަކީ މީރު މަހަކަށް ވާއިރު ވޭތުވެ ދިޔަ ދުވަސްްތަކުގައި އޭދަފުށި އޮތީ މުށިމަހުން ތިޔާގި ވެފައެވެ. ހަވީރު ވެގެން އަންނައިރު އޭދަފުށީގެ ހުރިހާ އުމުރެއްގެ ގިނަ ބަޔަކު  އުމުރެއްގެ މުށިމަސް ބާނަން ދިއުން އޮތީ އާދައަކަށް ވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top