ކަތުރުފަނި އަޅައިގެން މަސްޖިދު ޔޫސުފް ބަންދުކޮށްފި

DSC_0236.jpg

އޭދަފުށި މަސްޖިދު ޔޫސުފް

އޭދަފުށީ މަސްޖިދު ޔޫސުފް (ކުޑަ މިސްކިތް )ގައި ކަތުރުފަނި އަޅައިގެން އެކަން ހައްލު ކުރުމަށް މަސައކަތް ތަކެއް ކުރުމަށް ވަގުތީ ގޮތުން އެ މިސްކިތް ރޭ ބަންދު ކޮށްފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ މަސްޖިދު ޔޫސުފް ގައި ވަރަށްބޮޑަށް ކަތުރުފަނި އަޅާފައިވާތީ އެކަން ހައްލު ކުރެވޭތޯ މަސައްކަތް ކުރުމަށް މިސްކިތް ވަގުތީ ގޮތުން ބަންދު ކުރެވިފައި ވިޔަސް މަރާމާތަށްފަހު އަލުން ލަސްތަކެއް ނުވެ ހުޅުވާނެ ކަމަށެވެ.

މަސްޖިދު ޔޫސުފަކީ އޭދަފުށީގެ ތަރައްޤީގެ ބާނީކަމަށް ދެކޭ މަރުހޫމް ޔޫސުފް ކަލޭފާނުގެ ހަނދާނުގައި މީގެ ތިރީސް ފަސް އަހަރުކުރިން ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތް އިމާރާތް ކުރި ފަހުން އެކި ފަހަރު މަތިން މަރާމާތުކޮށް މިސްކިތުގެ ޖާގަވެސް ވަނީ ބޮޑު ކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top