ފުރަތަމަ ބޭނުންވަނީ ސުހާނާއާއި އާރިއަންގެ ކިޔެވުން ފުރަތަމަ ފުރިހަމަކުރުން. ބޮލީވުޑަށް ވަންނާނީ އޭގެ ފަހުން- ޝާހްރުކް

3shahrukh-aryan-759.jpg

ސުޕަރސްޓާރ ޝާހްރުކްޚާން އެންމެ ފުރަތަމަ ބޭނުންވަނީ އޭނާގެ ދެދަރިން ކަމުގައިވާ ސުހާނާއާއި އާރިއަންގެ ތައުލީމު ފުރިހަމަ ކުރުން ކަމަށާއ ބޮލީވުޑްގައި މަސައްކަތްކުރުމަކީ އޭގެފަހުން ކުރެވިދާނެ ކަމެއްކަމުގައި ޝާހް ބުނެފިއެވެ.

“އަހަންނަކީ އިލްމަށް ވަރަށް ބޮޑަށް ލޯބިކުރާ މީހެއް. އެހެންވީމާ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެކުދިންގެ ތައުލީމު ފުރިހަމަ ކުރުން. އާރިއަން މިހާރު އެ ފުރިހަމަކުރަނީ ގްރޭޑް 12. އޭގެ ފަހުން އަދި އެބައޮތް ކޮލެޖްގައި ފުރިހަމަކުރަންޖެހޭ 4 އަހަރު. އަހަރެންގެ އަންހެން ދަރިފުޅު ސުހާނާ އަދި އެއުޅެނީ ސްކޫލްގައި. އޭނާ ސްކޫލް ނިންމަން އަދި އެބައޮތް 2 އަހަރުދުވަސް. އިތުރު 4 އަހަރު ކޮލެޖްގައި ހޭދަކުރަން ޖެހޭ.  އަހަރެންގެ އެންމެ މަދު މިންވަރަކީ ކޮލެޖް ނިންމުން. ” ޝާހް ބުންޏެވެ.

ޝާހް ބުނީ ކިޔެވުން މެދުކަނޑާލާފައި ފިލްމީ ދުނިޔެއަށް ވައްދަން އެކުދިންދެކެ ލޯބިވާ މީހުން ބޭނުންވާ ކަމަށްވަންޏާ ޝާހްރުކްގެ ދަރިންނާމެދު އެބެލެވެނީ ރަނގަޅަށް ނޫންކަމުގައި އޭނާ ބުންޏެވެ.

ޝާހްރުކްޚާން މި މޭރުމުން ދަރިންގެ ވާހަކަ ދައްކާފައި މިވަނީ އޭނާގެ ގާތް އެކުވެރިއެއްކަމުގައިވާ ފިލްމް މޭކަރ ކަރަންޖޯހަރުގެ ފިލްމަކުން އާރްޔާން ތައާރަފްކުރުމުގެ ވާހަކަ އަޑުގަދަކޮށް ދެކެވެމުން ދަނިކޮށްކަމުގައި ފާހަގަ ކުރެވެއެވެ.

” އަހަރެންގެ ދަރިން އެކްޓްކުރަން ގަސްދުކުރާނަމަ އެކަމަށް ޓަކާ އަހަރެން ފަޚްރުވެރިވަން. އެއީ އަހަރެންގެ ލައިނުން ކުރިއަށް ދިއުމަށް ނިންމީމާ. އެހެންނަމަވެސް އަހަރެން އެކްޓްކުރުމުގެ ދާއިރާއަށް ވަނީ 10 އަހަރު އެކަން ދަސްކުރުމަށްފަހު . އެތަޖްރިބާ ހޯދުމަށްފަހު. އެކަން ހަނދާން ނައްތާލައިގެން ނުވާނެ.” 50 އަހަރުގެ އެކްޓަރ ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top