އިންޓަރ އޮފީސް ފުޓްސަލް، ފައިނަލަށް އުރީދޫ އާއި ދިރާގު

DSCN9525-1.jpg

އޭދަފުށީގައި މިހާރު ކުޅެވެމުންދާ އިންޓަރ އޮފީސް ފުޓްސަލް ފައިނަލަށް އުރީދޫ އާއި ދިރާގު ހިނގައްޖެއެވެ.

ދިރާގު ފައިނަލަށް ދަތުރު ކުރީ ރޭ ކައުންސިލުގެ ކޮމްބައިން ޓީމާ ވާދަކޮށްގެން 6-1 އިން މޮޅުވެގެންނެވެ. އެންމެފަހުގެ ޗެމްޕިއަން އުރީދޫ ފައިނަލަށް ދިޔައީ ވާދަވެރި ކުޅުމަކަށްފަހު 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2 އިން އަތޮޅު ހޮސްޕިޓަލުގެ ކޮމްބައިން ޓީމު ބަލިކޮށްގެންނެވެ.

ރޭ ދިރާގާއި ކައުންސިލް ކޮމްބައިން ޓީމް ވާދަކުރި މެޗުގައި މެޗުގައި ދިރާގުގެހަތަރު ލަނޑު ޖަހާފައިވަނީ އަބްދުއްސަލާމް، އަބްދުﷲ އަބޫބަކުރު، އަބްދުﷲ ޝަރީފް އަދި ޖައިލަމެވެ.އަނެއް ދެ ލަނޑު ޖެހީ އަދި މިމްރާހު އެވެ.

ރޭ ކުޅުނު އަންހެން ޑިވިސަންގެ ސެމީ ފައިނަލުގެ ފަހު މެޗު ސިކްސް ވިންގްސް އާ ވާދަކޮށްގެން ޕޮލިސް ކޮމްބައިންޓީމް 3-1 އިން ކާމިޔާބު ކުރުމުން އެޓީމްވަނީ ފައިނަލުގެ ފަހު ޖާގަ ހޯދާފައެވެ. ފައިނަލުގައި އެ ޓީމު މިރޭ ނުކުންނާނީ ހޮސްޕިޓަލު ޓީމާ ދެކޮޅަށެވެ. މެޗު ފަށާނީ 8:30 ގަ އެވެ. ދިރާގާއި އުރީދޫގެ މެޗު އޮތީ މިރޭ 9:30 ގަ އެވެ.

މި މުބާރާތަކީ އޭދަފުށީ ޔޫތު ޑިވެލޮޕްމަންޓް ޖަމިއްޔާއިން ރަށު ކައުންސިލާ ގުޅިގެން ބާއްވާ މުބާރާތެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top