އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމާއި މޫދަށް އެރުމާއި ދަތުރުދިއުން މަނާ !

DSCN7105.jpg

އެއްރަށުން އަނެއްރަށަށް ދަތުރު ކުރުމާއި މޫދަށް އެރުމާއި ދަތުރު ދިއުންފަދަ ކަންކަން މަނާކޮށްފިއެވެ.

މި ފިޔަވަޅުތައް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ނިންމާފައިވަނީ މިދިޔަ މަހުގެ 12ވަނަ ދުވަހު އިއުލާނު ކުރި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އެގޮތުން މިއަދު ހަވީރު 6:00 އިން ފެށިގެން މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެއްވެ އުޅުމާއި މޫދަށް އެރުމާއި ދަތުރުދިއުން ފަދަ ކަންކަން މަނާކޮށްފައިވާ އިރު، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް މުޅި ރާއްޖެ ލޮކްޑައުންކުރަން ވެސް ވަނީ ނިންމައިފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އަޅަން ނިންމާފައިވާ ފިޔަވަޅުތައް:

  • ޒަރޫރީ ބޭނުމެއްގައި މެނުވީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން.
  • މި އެންގުމުގެ އެއްވަނަ ނަންބަރުގައި ފިޔަވަޅު އަޅާފައިވާ ހާލަތުގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުން.
  • ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަން ވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެ އުޅުން ހުއްޓައިލުން. ވަކިން ހާއްސަކޮށް ޕާޓީތަކާއި ހަފުލާތައް ބޭއްވުމާއި، މާހެފުމާއި، ދަތުރުދިއުމާއި، މޫދަށް އެރުމާއި، ކުޅިވަރުކުޅުމާއި، އިޖުތިމާއީ އެނޫން ހަރަކާތްތައް ބޭއްވުން ވެސް ހުއްޓައިލުން.
  • ބަލިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ވަގުތެއްގައި ވެސް އަމަލުކުރުމާއި، ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައި ވެސް ގައިދުރުކަން ބެހެއްޓުން.
  • ވޭތުވެދިޔަ ތަނުގައި މާލެއިންނާއި، ރިސޯޓުތަކުންނާއި، ސަފާރީތަކުން ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ކޮވިޑް 19އަށް ޝައްކުވާ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެންގުން.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top