ފެހެންދޫގައި އުޅޭ މީހުންނަށްވުރެ ދެގުނަ އިތުރަށް އެރަށަށް މީހުން އަރައިފި

maxresdefault.jpg

ފެހެންދޫ ބަޔަކު އެރަށުގައި އެރަށުގައި އީދު ކުޅިވަރު ކުޅެނީ. މިއަހަރު އެރަށަށް ވަނީ ގިނަ ބަޔަކު ޒިޔާރަތް ކޮށްފައި.

މިއަހަރުގެ އަޟްހާ އީދާ ދިމާކޮށް ބ. ފެހެންދޫއަށް ދިޔަ މީހުންގެ އަދަދު އެރަށުގައި ދިިރިއުޅޭ މީހުންނަށްވުރެ ދެގުނަ އިތުރުވެއްޖެއެވެ.

ފެހެންދޫ ކައުންސިލުން ބުނާ ގޮތުން އާންމުގޮތެއްގައި އެރަށުގައި ދިރިއުޅެމުން އަންނަނީ ހަތްދިހަވަރަކަށް މީހުންނެވެ. އެހެންނަމަވެސް މި އީދުތެރޭގައި އެރަށުގައި ދުއިސައްތައަށްވުރެ ގިނަ މީހުން އެބައުޅޭކަމަށް ކައުންސިލުން ބުނެއެވެ. ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް އީވީއަށް ވިދާޅުވީ މިއަހަރު އީދަށް އެރަށަށް އާދަޔާ ހިލާފަށް ގިނައިން މީހުން އަރާފައިވާ ކަމަށާ، އޭގެތެރެއިން ބޮޑު ބަޔަކީ ފެހެންދޫގެ ރައްޔިތުންގެ ތެރެއިން ރަށުން ބޭރުގައި ދިރިއުޅެމުން އަންނަ މީހުން ކަމަށެވެ.

“ތެދެއް ތިޔައީ. ދެގުނަ އިތުރަށް މީހުން އެބަތިބި މިހާރު، ހަތްދިހަވަރަކަށް މީހުން އާންމުކޮށް ދިރިއުޅެނީ. އެކަމަކު އާބާދީގެ ބޮޑުބައެއް ރަށުން ބޭރުގައި ދިރިއުޅޭތީ، ވަރަށް ގިނަ ބަޔަކު ރަށުގައި ނުތިބޭ. މިކަހަލަ އީދުތަކަށް އަންނާނީ. ހަމައެކަނި ރަށުގެ މީހުންނެއްވެސް ނޫން. ރަށުން ބޭރުގެ މީހުންވެސް އައިލެއް މަދެއްނޫން” މޫސަ ވިދާޅުވިއެވެ.

ގުދްރަތީގޮތުން ވަކިއަތޮޅެއްގެ ގޮތުގައި އޮންނަ ގޮއިދޫ އަތޮޅުގެ ފަޅުތެރޭގައި އޮންނަ ފެހެންދޫއަކީ އާބާދީ ކުޑަވުމުގެ ސަބަބުން ތައުލީމްގެ ފުރުސަތާއި، ސިއްހީ ހިދްމަތް ވަރަށް ހަނިވެފައި އޮންނަ ރަށެކެވެ. ނަމަވެސް ފަހަކަށް އައިސް އެރަށުގައި ގެސްޓް ހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުޅާވަމުން އަންނަކަން އެރަށު ކައުންސިލުން ފާހަގަކުރެއެވެ. އަދި ރަށުގައި ތިބެގެން ފުޅާ ދާއިރާއެއްގައި ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ފަހިވަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ.

ކައުންސިލްގެ ރައީސް މޫސަ ވިދާޅުވީ މިއީދާ ދިމާކޮށް އެރަށުގެ ގެސްޓްހައުސްތައްވެސް ފުރިފައިވާކަމަށާ، މިދުވަސްވަރު ދިވެހިންގެ ޑިމާންޑް ގެސްޓް ހައުސްތަކަށްވެސް ބޮޑު ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top