ކަރަންޓީނު ނުވާގޮތަށް ތުޅާދުއަށް ބަޔަކު އެރުވި މައްސަލައެއް ފެންމަތިވެއްޖެ

303170_3_686e1261549be20e76530b0ad184c1c53a130ca8_large.jpg

ރޭ ތުޅާދުއަށް ދިޔަ ލޯންޗް --ފޮޓޯ :ތުޅާދޫ އޮންލައިން

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިހާރުވެސް ރަށް ބަންދުކޮށް މޮނިޓަރިންގައި އޮތް ތުޅާދޫއަށް ރޭ ރ. އިނގުރައިދޫން ދިޔަ ދެ މީހަކު ކަރަންޓީނު ވާން ނުޖެހޭ ގިޮތަށް އެރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ދުވަހު ނޫސް ”މިހާރު”  އަށް ނަން ނުޖެހުމަށް ޝަރުތުކޮށް ތުޅާދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވި ގޮތުގައި އެ މީހުންނަށް ހުއްދަ ދިނުމުގައި ކައުންސިލް އިދާރާގެ މައްސަލަތަކެއް އުޅޭތީ އެކަން މިހާރު ދަނީ ބަލަމުންކަމަށް އެނޫހުން ބުނެ އެވެ.

ކައުންސިލްގެ ރައީސް ސޮއިކުރައްވައި، އެޗްޕީއޭ އަށް މީގެ ދުވަސްތަކެއް ކުރިން ފޮނުވި ސިޓީއަކާ ހަވާލާދެއްވައި އެ މެމްބަރު ވިިދާޅުވީ އެ ދެ މީހުންނަކީ ވެސް ރަށުގައި މަސައްކަތް ކުރާ ދެ މީހުން ކަމަށާއި އެ މީހުން ރަށުން ބޭރަށް ދިޔައީ ޗުއްޓީއެއްގައި ކަމަށެވެ. އެހެންވެ، އަނބުރާ ރަށަށް ގޮސް ކަރަންޓީނު ނުވާ ގޮތަށް ހުއްދަ ދިނުމަށް އެދިފައިވާތީ އެޗްޕީއޭ އިން އެ ހުއްދަ ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ކަރަންޓީނު ނުވާ ގޮތަށް ތުޅާދު އަށް ދިޔަ ދެ މީހުންނަކީ އެ ރަަށުގައި ފައިބަރުގެ މަސައްކަތް ކުރާ ބައެކެވެ.

”އެކަމަކު މައްސަލަ ބޮޑުވެފައި މިވަނީ ތުޅާދު އަކީ މޮނިޓަރިންގައި އޮތް ރަށަކަށް ވެފައި އެ ރަށަށް ދާ ކޮންމެ ބަޔަކު ވެސް ކަރަންޓީނުވާން ޖެހޭނެ ކަމަށް ޓާސްކް ފޯހުން ގަބޫލުކުރާތީ އެވެ. ރަށުގެ ޓާސްކް ފޯހުގެ ހުއްދަ ނެތި، އެ މީހުން ރަށަށް އެރުމުން، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، މެމްބަރު ވިދާޅުވީ، ފައިބަރުގެ މަސައްކަތަކީ ޒަރޫރީ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.” ”މިހާރު” ގައި ލިޔެފައިވެއެވެ.

ކައުންސިލްގެ ރައީސް އިބްރާހީމް އާދިލް ވިދާޅުވި ގޮތުގައި އެ މީހުން ރަށަށް ދިޔައީ ރައީސްގެ ހުއްދައާ އެކު އެއް ނޫނެވެ. އަދި އެޗްޕީއޭ އަށް ފޮނުވި ސިޓީގެ ސައްހަ ކަމާ މެދު އޭނާ ސުވާލު އުފައްދައި، އެއީ އޭނާގެ ޑިޖިޓަލް ސިގްނޭޗާ ބޭނުންކޮށްގެން ބަޔަކު ކުރި ކަމެއް ކަމަށާއި އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ އެޗްޕީއޭގެ އުސޫލު އޮންނަ ގޮތުން، ކަރަންޓީނުގައި ނެތް ރަށަކުން ކަރަންޓީނުގައި އޮންނަ ރަށަކަށް ދަތުރުކުރާ ނަމަ، ކަރަންޓީނުވާން ނުޖެހޭ ކަމަށެވެ. އެހެންވެ، ކައުންސިލުން އެދުނީ، އެފަދަ އުސޫލެއް އޮތް ނަމަ ހުއްދަ ދޭން ކަމަށް އޭނާ ވިދާޅުވި އެވެ.

“އެހެންވީމަ އެޗްޕީއޭގެ ޑިރެކްޓާ ޖެނަރަލް އެ ހުއްދަ އެ ދެއްވީ އެފަދަ އުސޫލެއް އޮތީމަ،” އާދިލް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top