ހިސާން ގެ ސެކިއުލާ ބިލާާ ދެކޮޅަށް އޭދަފުށި ކައުންސިލުން ބަޔާން ނެރެފި

big_ilm332R8aaHT75C.jpg

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން

ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސޭން، ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލާ ދެކޮޅަށް އޭދަފުށީ ކައުންސިލުންވެސް ބަޔާން ނެރެފި އެވެ.

ހިސާންގެ ބިލްގައިވާ ގޮތުން މީހަކާ ދިމާއަށް އޭނާއަކީ އިސްލާމް ދީނާ ޚިލާފަށް ނުވަތަ އިސްލާމް ދީނާ ދެކޮޅަށް އުޅޭ މީހެކޭ ބުނުމަކީ ކުށެކެވެ. މި ގޮތަށް މި ބިލް ފާސްކޮށްފިނަމަ އިސްލާމްދީނާ ދެކޮޅަށް ފާޅުގައި އުޅޭ ބޭރުގެ ފަރާތްތަކާ ދިމާލަށް ވެސް އެމީހަކީ ދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހެކޭ ބުނެފިނަމަ އެއީ ކުށެއް ކަމަށް ކަނޑައެޅޭނެއެވެ.

މި ބިލާ ދެކޮޅު ހެދުމުގެ ގޮތުން އިއްޔެ އޭދަފުށީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނަނީ ގާނޫނު އަސާސީއަށް ގެނެވޭ މި އިސްލާހަކީ ދިވެހި ޖުމްހުރިއްޔާގެ ގާނޫނުއަސާސީއާއި ތައާރަޒްވާ އަދި ގާނޫނު އަސާސީ އާއި ޚިލާފު އިސްލާހެއްކަމުގައި ދެކޭ ކަމަށާ އެ އިސްލާހުގެ ސަބަބުން ދިވެހިންގެ ދީން ކަމުގައިވާ މާތްވެގެންވާ އިސްލާމް ދީނާއި މާތް ﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ހަޖޫޖެހުން ގާނޫނަކުން ހުއްދަ ކުރެވޭކަމަށް ކައުންސިލަށް ބެލެވޭ ކަމަށެވެ. އަދި އެކަމާއި ދެކޮޅަށް ބަސްބުނާ މީހާ އެކުރަނީ ކުށެއްކަމުގައި ކަނޑައެޅުމުގެ އިސްލާހަށް އޭދަފުށީ ކައުންސިލުން ދެކޮޅުހަދާ ހިނދު ގާނޫނަށް ގެނެވޭ މި އިސްލާހު ފާސް ނުކުރުމަށް އޭދަފުށީ ދާއިރާގެ މެންބަރަށް ގޮވާލާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ހިސާން ހުށަހެޅުއްވި މި ބިލުގެ ބަހުސް މިއަދު މަޖިލީހުގެ ތަޅުމުގައިވަނީ ފަށާފަ އެވެ. މިބިލާއި މެދު މަޖިލީހުން އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ބަހުސަށް ފަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top