ނަސްރުﷲ ގެއްލުނު ޑިންގީގެ ބައެއް ކަނޑުއަޑިން ފެނިއްޖެ

5aeb7ad59e5a3ccd25c06c2d19e4b79b.jpg

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބ. ދޮންފަނު ކައިރިން ލޯންޗަކާ ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އަޑިއަށް ދިޔަ ޑިންގީގެ ބައެއް ކަނޑު އަޑިން ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ އެކްސިޑެންޓުވި ޑިންގީ އާއި، އެކްސިޑެންޓުގައި ގެއްލުނު ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ، 41، ހޯދަން ޑައިވް ކުރަމުން ދިޔަ ޑައިވަރުންނަށް އެކްސިޑެންޓްވި ޑިންގީ ފެނިފައިވަނީ، ދޮންފަނާއި އަނގަފަރާ ދެމެދުގެ ކަނޑުގެ 40 މީޓަރުން އަޑިން ކަމަށެވެ.

ނަސްރުﷲ ހޯދުމަށް ސިފައިން ދަނީ ކަނޑު މަގުންނާއި ވައިގެ މަގުން މަސައްކަތް ކުރަމުންނެވެ.

ދަރަވަންދޫން މަހަށް ނުކުތް ޑިންގީ އެކްސިޑެންޓުވީ ކަމަދޫން އޭދަފުއްޓަށް ދަތުރުކުރި ސޭލަމް ލޯންޗު ޖެހިގެންނެވެ. އެވަގުތު ލޯންޗުގައި ތިބީ ނަސްރުﷲ އަންހެނުންގެ ދެ ބޭބެ އަކާއި ނަސްރުﷲ އެވެ.

ނަސްރުﷲ ހޯދުމުގައި އުނދަގޫތަކެއް ވަމުން ދަނީ، އޭނާ ގެއްލުނު ސީދާ ސަރަހައްދު ނޭނގޭތީ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top