ޓޫރިސްޓު އެނދުގެ 55 އިންސައްތަ ފުލް.

280182_3_fcf07f5e53169fd7b7fa0ca1a8ae617188cd7c7e_medium.jpg

ފޮޓޯ : ނިޝާން އަލީ/ މިހާރު

ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ގެސްޓުހައުސް ތަކުގެ އިތުރުން ޓޫރިސްޓް ހޮޓާތަކާއި ސަފާރީތަކުގެ ހުރި 55 އިންސައްތަ ޓޫރިސްޓު އެނދު، މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޑރ. އަބްދުﷲ މައުސޫމް، މި ޚަބަރު ޓުވީޓް ކުރއްވަމުން ވިދާޅުވީ، ރާއްޖޭގައި ހުރި ޓޫރިސްޓު އެނދުގެ 55 ޕަސަންޓް އޮޕަރޭޝަނަށް ގެނެސްފައިވާއިރު ޖުލައި 15ގައި ބޯޑަރު ހުޅުވާލި ފަހުން މިއަދާ ހަމައަށް ބައިނަލްއަގުވާމީ 12 އެއާލައިނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާފައިވާކަމަށެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ދުނިޔޭގެ ބޮޑެތި އެއާލައިންތަކުގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައިވާއިރު މިނިސްޓަރު މައުސޫމް ވިދާޅުވީ، ޕްރައިވެޓް ޖެޓުތައް ވެސް ރާއްޖެ އަންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިވަގުތު އޮޕަރޭޝަންގައި ހުރީ 28،649 ޓޫރިސްޓު އެނދެވެ. އެއީ 105 ރިސޯޓެއްގައި ހުރި 24،990 ޓޫރިސްޓު އެނދާއި ފަސް ހޮޓަލެއްގެ 602 އެނދާއި 28 ގެސްޓްހައުސްއެއްގެ 847 އެނދުގެ އިތުރުން ޓޫރިސްޓު އުނޅަދު ފަހަރުތަކުގައި ހުރި 2210 އެނދެވެ.

ރާއްޖޭގައި 50،000 ވުރެ ގިނަ ޓޫރިސްޓު އެނދު ހުންނައިރު، ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ 29،130 ފަތުރުވެރިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top