އޯލެވެލް އިމްތިހާނު ފެށުން އަންނަ އަހަރު އެޕްރީގައި

DSCN9878.jpg

ކޮވިޑް-19 އާ ގުޅިގެން ފަސްކުރި އޯލެވެލް އިމްތިހާނު ފެށުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މީގެ ކުރިން އޯލެވެލް އިމްތިހާނު ފަށަނީ އިސްލާމް ޕޭޕަރުންން ކަމަށް ވިޔަސް އަންނަ އަހަރު އެ އިމްތިހާނު ފަށަން ނިންމާފައި ވަނީ އާޓް އެންޑް ޑިޒައިންގެ ޓެސްޓުންނެވެ. އެޕްރީލް 14، 15 ގައި އޮތީ އެ އިމްތިހާނެވެ. މީގެ ކުރިން އިސްލާމް ޕޭޕަރުން އޯ ލެވެލް ފެށިނަމަވެސް މިފަހަރު އެއިމްތިހާން އޮންނާނީ،

އިސްލާމް، ދިވެހި އޮންނާނީ މެއި 1، 2021 ގައެވެ. އިސްލާމް ޕޭޕަރު 2 އޮންނައިރު އެ މާއްދާގެ ޕޭޕަރު 2 ބާއްވަން ހަމަޖައްސާފައިވަނީ ޖެހިގެން އަންނަ ދުވަހެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ އިމްތިހާނު ފަސްކޮށްފައި ވަނީ ދަރިވަރުންގެ އިތުރުން ބެލެނިވެރިންގެ ވެސް އެދުމުގެ މަތިންނެވެ.

އައިޖީސީއެސްއައި އަދި އެސްއެސްސީ އިމްތިހާނު އަންނަ އަހަރަށް ފަސްކުރީ ކޮވިޑް-19 އާ ގުޅިގެން ދަރިވަރުން، ސިލަބަސް ނިންމައި އިންތިހާނަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ބުނެ އެެވެ.

އޭޕްރިލް މަހުގެ ފެށުމަށް ހަމަޖެހިފައިވާ އޯލެވެލް އިމްތިހާނު ނިމޭނީ، ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top