ފައިސާދީގެން އެސައިންމަންޓް ހެއްދުން ގާނޫނީ ކުށަކަށް ހަދަނީ

BCtFSXtlAE96MZHIL9NQLjytNTTkYHlqEAv30idC.jpeg

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

ފައިސާ ދީގެން އެސައިންމަންޓު ހެދުން ގާނޫނީ ކުށަކަށް ހެދުމަށް ނިންމާފައިވާ ކަމަށާ އޭރުން އެކަން ހުއްޓޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީި އެ މައްސަލަ ފެންމަތިވެ މޯލްޑިިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލު ކަމަށް ވެސް ވަނީ ގެންގޮސްފައިވާ ކަމަށެވެ.

“އެކަން [ފައިސާދީގެން އެސައިންމަންޓު ހެދުން] ގާނޫނީ ކުށަކަށް ހަދަން އަޅުގަނޑުމެން ބޭނުން. އަދަބު ލިބޭ ކުށަކަށް ހަދަން ބޭނުން. އެއީ އަޅުގަނޑުމެން ގަބޫލު ކުރަން އެކަމަކީ ކުށަކަށް ވާންޖެހޭ ކަމެއް ކަމަށް” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފައިސާ އަށް އެސައިންމަންޓު ހަދަނީ ރާއްޖޭގައި އެކަމަށް ޑިމާންޑެއްވެސް އޮވެ އަދި ކޮންމެވެސް ބަޔަކު ވިޔަފާރި އުސޫލުން އެކަން ކުރާތީ ކަމަށެވެ.

ފައިސާއަށް އެސައިންމަންޓް ހަދައިދޭ ބައެއް ފަރާތްތަކުން އެކަން ކުރަމުން ގެންދަނީ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އޮންލައިން ވެބްސައިޓްތަކުގައި އިސްތިހާރުވެސް ކޮށްގެންނެވެ.

މަޖިލީހަށް މިހާރު ހުށަހަޅައިގެން ކޮމިޓީ މަރުހަލާގައި އޮތް، މަތީ ތައުލީމާ ބެހޭ ބިލުގައި އެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ހުށަހަޅާފައި ކަމަށް ވިދާޅުވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ބިލުގައި ކަޑެމިކް ޕްލެޖެރިޒަމް އަކީ ގާނޫނީ ކުށަކަށް ހެދުމަށް ހުށަހަޅާފައިވާ ކަމަށާއި ގާނޫނަކަށް ވުމުން އެކަން ހުއްޓުވަން ބާރު ލިބޭނެ ކަމަށެވެ. އަދި،އެ ބާރުތައް ލިބުނީމާ އެކަން ރަނގަޅުވެގެން ދާނެ ކަމަށެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top