ފަޅުރަށްރަށުން ވަރުވާ ދެއްކުމަށް ލުޔެއް ދީފި

DSCN2531-1.jpg

ރާއްޖޭގެ ފަޅުރަށްރަށް ވަރުވާއަށް ލިއުއްވައިގެން އުޅޭ މީހުންނަށް ވަރުވާ ދެއްކުމުގައި ސަރުކާރުން ލުޔެއް ދީފި އެވެ.

މިކަމާގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް މެރިން ރިސޯސަސް އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ފަޅުރަށްރަށުގެ ވަރުވާ ދެއްކުމަށް ލުއިގޮތެއް ހަމަޖައްސައި ދިނުމުގެ ގޮތުން ރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގަވައިދަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އެ ގަވައިދުގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން އެއްއަހަރު ދުވަހުގެ ވަރުވާ އެއްފަހަރާ ދެއްކުމުގެ ބަދަލުގައި ހަތަރު ޕޭމަންޓްގެ ގޮތުގައި ބަހާލައިގެން ވަރުވާއަށް ފައިސާ ދެއްކުމުގެ ފުރުސަތު ލިބޭނެއެވެ.

އެހެންނަމަވެސް މިގޮތަށް ވަރުވާ ދެއްކޭނީ މިނިސްޓްރީއާ ވަރުވާއަށް ފަޅުރަށް ނަގައިގެން އުޅޭ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމަށް ބަދަލުގެނެސްގެން ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ހާމަ ކުރެއެވެ.

މިނިސްޓްރީ އިން ބުނީ ހަތަރު ޕޭމެންޓަށް ބަހާލައިގެން ފަޅުރަށްރަށުގެ ވަރުވާ ދައްކަވަން ބޭނުންވާ ފަރާތްތަކުން، މިނިިސްޓްރީއަށް ލިޔުމުން ހުށަހަޅައިގެން އެގްރިމެންޓަށް ބަދަލު ގެނައުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top