ގޮއިދޫ ރައްޔިތުން ނުކުމެ، ހަންޓޭއަށް ރަތްދޫލައިގެ މަރުހަބާއެއް

ddg.jpg

ހަންޓޭއަށް ގޮއިދޫން މަރުހާބާ ކިޔަނީ. އީވީ ފޮޓޯ: އަހްމަދު ރިޔާޒް

ބ. ގޮއިދޫން އަހްމަދު ރިޔާޒު

މިމަހުގެ 13ން 17ށް ލަންކާގެ ކޮލްޕިޓިއާގައި ކުރިޔަށްދިޔަ “ރެޑްބުލް ހީރޯ ޓުއަރ”ގައި ހުނަރުދައްކާލި ގޮއިދޫ 14 އަހަރުގެ ކައިޓް ސާފަރ ހަސަން މާހިރު (ހަންޓޭ) މިއަދު ގޮއިދުއަށް އައުމާއެކު އެރަށުގެ ރައްޔިތުން އޭނާއަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފިއެވެ.

މިއަދު މެންދުރު ކުރި “ހަންޓޭ” އޭނާގެ 2 ބައިވެރިންނާއެކު މާލެއިން ގޮއިދުއަށް އައީ އެރަށު ފަޒާ ބޯޓުގައެވެ. ހަންޓޭ ގޮއިދޫ ބަނދަރަށް ފޭބުމާއެކު ރަށު ރައްޔިތުންނާއި، ސްކޫލް ދަރިވަރުން ވަނީ ހޫނު ތަރުހީބުގެ އަތްތިލަ ބަޑިއެއް އޭނާއަށް އަރުވާފައެވެ.

އޭގެ އިތުރުން ހަންޓޭ އަށް މަރުހަބާ ކިއުމަށް ގޮއިދޫ ބަނދަރު ސަރަހައްދު އޮތީ ގައުމީ ދިދަ ދަމައި ޒީނަތްތެރި ކޮށްފައިކަންވެސް ފާހަގަކޮށްލެވެއެވެ.

ހަންޓޭއާއި އޭނާއާއެކު ލަންކާ ދަތުރުގައި ބައިވެރިވި 2 ކައިޓްސާފަރުން ބަނދަރުން ރަތްދޫލަމަތީގައި ފެހެންދޫ ބޮޑުބެރު ގްރޫޕްގެ ބެރާއެކު ގެންދިޔައީ، އެރަށު ސްޓޭޖަށެވެ. ސްޓޭޖް މަތީގައި ހަންޓޭގެ ޝަރަފްގައި ފެހެންދޫ ބޮޑުބެރު ގްރޫޕުން ޝަރަފުގެ ލަވައެއް ހުށައެޅިއެވެ. އަދި ރަށުގެ ބައެއް އިސްބޭފުޅުން ހަންޓޭއާއި، އޭނާއާއެކު ދަތުރުގައި ބައިވެރިވި 2 ބައިވެރިންނަށް ޝުކުރު އަދާކޮށް ވާހަކަދައްކާފައިވެސް ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top