ޕްރިޔަންކާގެ 35ވަނަ އުފަންދުވަސް ފާހަގަކުރުން ލަނޑާގިރާވަރުގައި

20065562_1135004753309587_7875190504244117504_n-2.jpg

ޕްރިޔަންކާ އާއިލާއާއެކުރާއްޖޭގައި

ބޮލީވުޑްގެ މަޝްހޫރުތަރި އަދި ދިވެހީންގެ މެދުގައިވެސް މަގްބޫލު ކަމެއް ލިބިފައިވާ ޕްރިޔަންކާ ޗޯޕްރާ އޭނާގެ 35ވަނަ އުފަން ދުވަސް ފާހަގަކުރުމަށް އާއިލާއާއެކު ބ.އަތޮޅުގައި އޮންނަ ފޯސީޒަން ލަނޑާގިރާވަރަށް އަތުވެއްޖެއެވެ.

ޕްރިޔަންކާއާއެކު އޭނާގެ އާއިލާ ރާއްޖެ އައިސްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިފާ އެވޯޑްސް 2017 ދޫކޮށްލާފައި ޕްރިޔަންކާ ރާއްޖެއައިސްފައިވަނީ އޭނާގެ 35 ވަނަ އުފަން ދުވަސް ފާހަގަކުރުމަށެވެ.

އައިފާއަށް ނުދިޔަ ސަބަބާ ގުޅިގެން ނޫސްވެރިއަކު އޭނާއާ ސުވާލުކުރުމުން އޭނާވެސް ކުރީ ސުވާލެކެވެ. ކޮންމެ ވެސް ވަރަކަށް ހިތްހަމަ ނުޖެހި ހުރެ ބުނެފައިވަނީ ހުރިހާ އެވޯޑް ހަފްލާއަކަށް ހުރިހާ ތަރިން ދާން ޖެހޭތޯއެވެ. އަދި އައިފާ އެވޯޑް ހަފްލާގައި ހުރިހާ އެކްޓަރުން ބައިވެރިވިތޯ އެވެ. ޕްރިޔަންކާ ހިނިތުންވެލުމަށްފަހު ދެން ބުނީ އޭނާ އައިފާ އެވޯޑު ހަފްލާއަށް ނުދިޔައީ އޭނާގެ އުފަންދުވަހާ ދިމާވާތީ ކަމަށެވެ.

ޕްރިޔަންކާ އިތުރަށް ބުނެފައިވަނި އާއިލާއާއި އެކު ވަގުތު ހޭދަކޮށްލުން އެވޯޑް ޝޯއަށް ވުރެއް މާމުހިންމު ކަމުގައެވެ. އެއީ މަސައްކަތުގައި އަވަދިނެތި އުޅެމުން އޭނާއަށް އޮންނަނީ އާއިލާއަށް ދޭންޖެހޭ ވަރަށް ވަގުތު ނުދެވިފައިކަމާ ، މިނިންމުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top