ކުލަގަދަ ރަސްމިއްޔާތަކާއެކު ސަލްސާ ރީޓްރީޓް ރަސްމީކޮށް ހުޅުވައިފި

DSC0115-1024x681-1.jpg

ކުލަގަދަ ރަސްމިއްޔާތަކާއެކު ސަލްސާރީޓްރީޓް ރެސްޓޯރެންޓް ރޭ އޭދަފުށީގައި ހުޅުވައިފިއެވެ. މި ރެސްޓޯރެންޓް ހުޅުވައިދެއްވީ ސަލްސާ އިންވެސްޓްމަންޓްގެ އޯނަރ އިބްރާހީމް އާމިރުގެ ބައްޕަ އަދި އޭދަފުށީގެ ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އޭދަފުށްޓަށް އުފަން އަބްދުލްޣަނީ މުހައްމަދުއެވެ.

އޭދަފުށީ ބަނދަރުގެ މޫނުމަތީގައި އިމާރާތްކޮށްފައިވާ މި ރެސްޓޯރަންޓަކީ އެއްފަހަރާ 100 މީހުންނަށް ޚިދުމަތްދެވޭ ގޮތަށް 28 ގޮނޑީގެ ވީއައިޕީ ރޫމަކާއެކު ތައްޔާރުކޮށްފައިވާ ސަލްސާ ޗޭނުގެ އެހެން ރެސްޓޯރެންޓްތަކާވެސް އެއް ކޮންސެޕްޓަށް ހަދާފައިވާ ތަނެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭދަފުށީ ކައުންސިލްގެ ނައިބުރައިސް ހައްވާ ސަމީހާ ވިދާޅުވީ މި ފެންވަރުގެ ރެސްޓޯރެންޓެއް އޭދަފުށީގައި ހިންގުމަށް ޚިޔާލު ކުރައްވައި މިކަން ހަގީގަތަކަށް ހެއްދެވިކަމަށްޓަކައި ސަލްސާ އިންވެސްޓްމަންޓަށް މަރުހަބާއާއި ޝުކުރު ދަންނަވާކަމުގައެވެ. އަދި މިތަނުން ޚިދުމަތް ހޯދާނީ ހަމައެކަނި މި ރަށުގެ މީހުން ނޫންކަމާއި ދަތުރުވެރިންނާއި ފަތުރުވެރިންގެ އިތުރުން އޭދަފުށްޓަށް އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކުވެސް އައިސްގޮސްވާ އެތައް ސަތޭކަ ބަޔަކަށްވެސް  މި ރެސްޓޯރެންޓްގެ ސަބަބުން ކެއިން ބުއިމުގެ މަގު ފަހިވެގެން ދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

ސަލްސާގެ ތިން ރެސްޓޯރެންޓެ މިހާރުވެސް އަންނަނީ ހިންގަމުންނެވެ. އެއީ ސަލްސާ ރޯޔަލްއާއި ކ. ތުލުސްދޫގައި މިދިޔަ އަހަރު ހުޅުވި ރެސްޓޯރެންޓްގެ އިތުރުން އޭދަފުށީގައި އަލަށް މި ހުޅުވި ސަލްސާ ރިޓްރީޓް އެވެ.

ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން މި ރަސްމިއްޔާތުގައި ބައިވެރިވ – ފޮޓޯ : އީވީ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top