އޭދަފުށީން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ!

DSCN9143.jpg

އޭދަފުށި

ބ. އޭދަފުށިން މީހަކު އަނެއްކާވެސް ކޮވިޑް 19އަށް ޕްޒޮޓިވް ވެއްޖެއެވެ.

އެޗްއީއޯސީން އިން އެކަން ކަށަވަރު ކޮށްދެމުން ބުނެފައިވަނީ އެމީހާ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަން އެނގުނީ ހޯމް ކަރަންޓީންގެ 14 ދުވަސް ފުރިހަމަ ކުރުމަށް ފަހު ހެދި ޓެސްޓުން ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި އެއީ މާލެއިން އޭދަފުށީ ޕޮލިސް ސްޓޭޝަނަށް ބަދަލުވި ފުލުހެކެވެ.

އޭދަފުށިން މީގެ ކުރިންވެސް ކޮވިޑް ކޭސްތައް ފެނިފައި ވާއިރު މިއީ އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި 12 ވަނަ މީހާއެވެ.

އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި 41 މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 11،154 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 35 މީހަކު ވަނީ ނިޔާވެފައެވެ.

މި ބަލީގެ އެކްޓިވް ކޭސްތައް މިހާރު އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 20 ރަށެއްގައެވެ. އަދި 19 ރިސޯޓެއްގައި އެކްޓިވް ކޭސްތައް އުޅޭއިރު، 15 ފަތުރުވެރިންނާއި ރިސޯޓު މުވައްޒަފުންގެ ތެރެއިން 25 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top