އެއް ހަށިގަނޑެއް ހުރި ނަމަވެސް ދެބޮލާއި ސިކުނޑި ހުރި ކުއްޖަކު ދުނިޔެއަށް އުފަންވެއްޖެ

article-0-1DC4824F00000578-448_634x480.jpg

އޮސްޓްރޭލިއާގައި އެއް ހަށިގަނޑެއް ހުރި ނަމަވެސް ދެބޮލާއި ސިކުނޑި ހުރި ތުއްތު ކުއްޖަކު ދުނިޔެއަށް އުފަންވެއްޖެ އެވެ.

މި ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އޮސްޓްރޭލިއާގެ ހޮސްޕިޓަލެއްގައި އެވެ.

ދެމޫނު ހުންނަ ތުއްތު ކުދިން އާންމު ގޮތެއްގައި ދުނިޔެއަށް އުފަންވުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އަދި އެފަދަ ކުދިން ދުނިޔޭގައި މާގިނަ ދުވަހު ހުންނަ ކަމަށް ނުބެލެވޭ ކަމަށް ވެސް ސިއްހީ މާހިރުން ބުނެ އެވެ.

އެއް ހަށިގަނޑެއް ހުރި ނަމަވެސް ދެބޮލާއި ސިކުނޑި ހުރި ތުއްތު ކުއްޖާ އާއި އެކު ބައްޕަ
އެއް ހަށިގަނޑެއް ހުރި ނަމަވެސް ދެބޮލާއި ސިކުނޑި ހުރި ތުއްތު ކުއްޖާ އާއި އެކު ބައްޕަ

ރެނީ ޔަންގ އަށާއި ސިމޯން ހޮވީއަށް މިފަދަ ކުއްޖަކު ލިބޭނެ ކަމަށް ކުރިން އޮތީ އެނގިފައެވެ. އެއީ އަލްޓްރާސައުންޑް ސްކޭންގެ ނަތީޖާއިން މިތުއްތު ކުއްޖާގެ ހަށިގަނޑު އޮތް ގޮތް ފެނުމާއި ގުޅިގެންނެވެ.

އޮސްޓްރޭލިއާގެ ޑޮކްޓަރުން މިހާރު ލަފާ ދެއްވާފައިވަނީ މި ތުއްތު ކުއްޖާގެ އޮޕަރޭޝަން ވީހާވެސް އަވަހަކަށް ކުރުމަށެވެ.

“ކުއްޖާއަށް ގާތުން ދޭއިރުގައި އެހެނިހެން ވަގުތުތަކުގައި ވެސް ނޭވާލަމުން ދަނީ ވަރަށް ފުރިހަމައަށް،” މި ކުއްޖާގެ ބައްޕަ ބުންޏެވެ.

މި ތުއްތު ކުއްޖާއަށް ދިމާވެފައިވާ ހާލަތަކީ ޑިޕްރޮސޯޕަސް ނަމަކަށް ކިޔާ ހާލަތެކެވެ. މި ހާލަތުގައި އެކުއްޖާގެ ހަށިގަނޑާއި ގުނަވަންތައް އެހެން އިންސާނުންނެކޭ އެއްފަދައިން ހުރި ނަމަވެސް މިފަދަ ކުދިންގެ އަމިއްލަ މޫނަކާއި ސިކުނޑިއެއް އުފެދިފައި ހުންނާނެ އެވެ.

“އެއް ހަށިގަނޑެއް މި ކުއްޖާގެ އޮތަސް، އަހަރުމެން ކިޔަނީ ޓުވިންސް، އެއީ އަހަރުމެންގެ ކުދިން، އަހަރުމެން އެކުދިން ދެކެ ވަރަށް ލޯބިވޭ.” ކުއްޖާގެ ބައްޕަ ބުންޏެވެ.

އެއް ހަށިގަނޑެއް ހުރި ނަމަވެސް ދެބޮލާއި ސިކުނޑި ހުރި ތުއްތު ކުއްޖާ
އެއް ހަށިގަނޑެއް ހުރި ނަމަވެސް ދެބޮލާއި ސިކުނޑި ހުރި ތުއްތު ކުއްޖާ

ދެމޫނު ހުންނަ ތުއްތު ކުދިން އާންމު ގޮތެއްގައި ދުނިޔެއަށް އުފަންވާއިރު މިހާތަނަށް ރިކޯޑުކުރެވިފައިވަނީ މިފަދަ 35 ކުއްޖެކެވެ. ނަމަވެސް މިއިން އެއްވެސް ކުއްޖަކު މިހާރު ދުނިޔޭގައި ނެތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top