ފެނަކައަށް 2 ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން އައްޔަނުކޮށްފި

large_170228023722rqf0.jpeg

ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަނު ކުރެއްވި އިބްރާހިމް ނާއިފް އަދި ހުސެން ޒުހުރީ--

ރާއްޖޭތެރޭގެ ގިނަ ރަށްރަށަށް ކަރަންޓާއި ފެނާއި ނަރުދަމާ ފޯރުކޮށްދޭ ކުންފުނި، ފެނަކަ ކޯޕަރޭޝަން އަށް އަލަށް ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން އައްޔަނު ކޮށްފިއެވެ.

ދެ ޑެޕިއުޓީ ޑިރެކްޓަރުންނަކީ އިބްރާހިމް ނާއިފާއި ހުސެން ޒުހުރީއެވެ.

އާ ސަރުކާރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނު ކޮށްފައިވަނީ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދެވެ.

އެއާއެކު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން އަންނަނީ އެކި ކުންފުނިތަކުގެ ބޯޑަށާއި އިސް މަގާމުތަކަށް އެކި ބޭފުޅުން އައްޔަންކުރަމުންނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބީ ފެނަކައިގައިކަމަށް އިންތިގާލީ މަރުހަލައިގައި ހޯދި ހޯދުންތަކުންވަނީ ހާމަވެފައެވެ.

އެގޮތުން 7،000 އަށްވުރެ ގިނަ މުވައްޒަފުން ތިބިކަމަށް ޕީސީބީން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތަކުން ވެސް ދައްކައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top