ކޮވިޑް-19 : ރާއްޖެއިން ފުރައިގެން ދިޔަ ބިދޭސީއެއް ކޮރޯނާއަށް ޕޮޒިޓިވް ވެއްޖެ!

big_yTsWP8al0AHi4rr.jpg

ޖޯލި މޯލްޑިވްސް ރިސޯޓާއި އާއި ރ. ބޮޑުފުށީގައި ވަޒީފާ އަދާކުރި ބިދޭސީއަކު މީހަކު އެނބުރި ގައުމަށް ގޮސް ކޮވިޑް-19 އަށް ހެދި ޓެސްޓުން އެ މީހާ ޕޮޒިޓިވް ވެއްޖެއެވެ.

އެ މީހަކީ އެ ދެރިސޯޓް ހިންގާ ތުރުކީ ކުންފުނީގެ މުވައްޒަފެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އެކަމާގުޅިގެން އެދެރަށް މިހާރުވަނީ ބަންދުކޮށްފަ އެވެ.

ކޮވިޑް -19އާ ގުޅިގެން ސަރުކާރުން މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫހް އަޒީޒް ވިދާޅުވީ އޭނާ ރާއްޖެ އިން ފުރައިގެން ދިޔައީ މާޗް މަހުގެ 31 ވަނަ ދުވަހު ކަމުގަ އެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނީ ޖޯލި ރިސޯޓާއި ބޮޑުފުށީގައި ހުރެފައި ދިޔަ ބޭރު މީހަކު އަނބުރާ ގައުމަށް ދިޔަ ފަހުން ޕޮޒިޓިވްވެފައިވާތީ އޭނާއާ ގުޅުން ހުރި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދައި ނިމެންދެން ޖޯލި މޯލްޑިވްސް އާއި ބޮޑުފުށި މި ވަގުތަށް ބަންދުކޮށްފައިވާ ކަމަށެވެ. ތުރުކީގެ ކުންފުންޏަކުން ހިންގާ މި ދެ ރަށުގެ ތެރެއިން ބޮޑުފުއްޓަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށެކެވެ.

ތުރުކީ އަކީ މިހާރު އެންމެ ބޮޑަށް ކޮވިޑް-19 ފެތުރެމުންދާ އެއްގައުމެވެ. ތުރުކީވިލާތުން 30217 މީހަކު ވަނީ މިހާރު ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 649 މީހަކު ވަނީ މަރުވެފައެވެ.

މީގެ ކުރިންވެސް ރާއްޖެއިން ފުރުމަށް ފަހު ކޮރޯނާ ވައިރަހަށް ވަނީ ހަތަރު މީހަކު ޕޮޒިޓިވްވެފައެވެ. އެއީ ކުރެއްދޫ ރިސޯޓުގައި ހުރެފައި ދިޔަ އިޓަލީ މީހަކާއި، އައިލެންޑް ސަފާރީގައި ތިބެފައި ކަރަންޓީނުގައި 14 ދުވަސް ހަމަ ކުރި އިޓަލީގެ ދެ މީހެއް އަދި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ހުރެފައި ދިޔަ ފުޓުބޯޅަ ކުޅުންތެރިޔާ މަރުއާން ފެލެއިނީއެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top