ނަބިއްޔާގެ ދިފާއުގައި އިދިކޮޅުން ޚާއްސަ ޖަލްސާއެއް

big_nNZKuflI5YvdG5SFFLT9Jcwop.jpeg

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ޑރ. ޝަހީމް ވާހަކަ ދައްކަވަނީ

އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމާ ގުޅިގެން އެކަމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

އެޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 8:30 ގައެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދިވެހިރާއްޖެއަކީ 100 ޕަސަންޓް އިސްލާމީ ދައުލަތަކަށްވާއިރު ރަސޫލާއަށް ފުރައްސާރަ ކުރުމުން އެކަމާ ދެކޮޅަށް ދިވެހި ސަރުކާރުން އަޅާފައިވަނީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

“އަޅުގަނޑުމެންގެ ހިތްތަކުގައި އެކަލޭގެފާނަށް އޮތް ލޯތްބާއި މަތިވެރިކަން ދެއްކުމަށްޓަކައި އަޅުގަނޑުމެން އެބަ ޖެހޭ މިވަގުތު ހިތްވަރާއެކު ތެދުވަން،” ޝަހީމް ވިދާޅުވި އެވެ.

ރަސޫލާއަށް އޮތް ލޯބި ދައްކައިދިނުމަށް ޖަލްސާ ބާއްވަނީ އިދިކޮޅު ކޯލިޝަނުން އިންތިޒާމުކޮށްގެން ކަމަށްވީ ނަމަވެސް އެއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށް ޝަހީމް ވިދާޅުވި އެވެ. ރަސޫލާ އަށް ބަދުބަސް ބުނެ ފުރައްސާރަ ކުރުމަކީ އެއްގޮތަކަށްވެސް ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އިއްޔެ ހަވީރު “މަގޭ ނަބިއްޔާ” ގެ ނަމުގައި ސައިކަލު ބުރެއްވެސް ކުރިއަށް ވަނީ ގެންގޮސްފައެވެ. އެ ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.

އިންޑިއާއިން ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި ސައިކަލު ބުރެއް ޖަހާ އިރު، ރާއްޖޭގެ ސިޔާސީ ޕާޓީތަކުންނާއި އަދި ސަރުކާރުންވެސް ވަނީ އެ އަމަލު ކުށްވެރި ކޮށްފައެވެ.

އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި އެ ގައުމުގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު ކީރިތި ގުރުއާނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ އިންޑިއާގެ މުސްލިމުންނާއި އިސްލާމީ ބޮޑެތި ގައުމުތަކާއި އެ ގައުމުތަކުގެ ވެރިންނާއި އާއްމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަންނަނީ އިހުތިޖާޖުތައްވެސް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top