ދަރަނި ނަގައިގެން ގައުމު ހިންގާއިރު ޕާޓީތަކަށް ފައިސާ ދޭކަށް ނުޖެހޭ: އެމްޕީ. އަލީ

big_RnrK3fiDk1rRIZdSe7shEHOsD.jpeg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން

މަތިމައްޗަށް ދަރަނި ނަގައިގެން ގައުމު ހިންގަމުން ދާއިރު ސިޔާސީ ޕާޓީއަކަށް ދައުލަތުން ފައިސާ ދޭން ނުޖެހޭ ކަމަށާއި އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ އިންތިހާބު ތަކުގައި ޕާޓީތަކުން ހޯދާ ކާމިޔާބީގެ ނިސްބަތަކަށް ބަލާ ޕާޓީތަކަށް ފައިސާ ދޫކުރާ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށައެޅުމުގެ ވިސްނުން ގެންގުޅޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމާއި ގުޅިގެންނެވެ. ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް މިހާރު ފައިސާ ދެމުންދާ އުސޫލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ބައެއް ސިޔާސީ ޕާޓީތަކާއި އާންމުން ދެކެއެވެ.

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސަންޓާއި 0.2 ޕަސަންޓާ ދެމެދުގެ އަދަދެކެވެ.

ބަޖެޓުން ފައިސާ ލިބެނީ ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ހިނގަމުންދާ އަހަރު ފާސްކުރާ ދުވަހުގެ ކުރިން 10،000 މެންބަރުން ހިމެނޭ ޕާޓީ ތަކަށެވެ. ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ލިބިފައިވަނީ އެމްޑީޕީ އާއި ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އަށެވެ. އެމްޑީޕީއަށް 15 މިލިއަން، ޕީޕީއެމަށް 9.4 މިލިއަން އަދި ޖުމްހޫރީ ޕާޓީއަށް 5.5 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދާލަތު ޕާޓީއަށް 2.9 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ރާއްޖޭގެ ދަރަނީގެ އަދަދު ބޮޑުވެ މިހާރުވަނީ 100 ބިލިއަނާއި ކައިރިކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top