ކުރިން ޕޯސްޓް އޮފީސް މެދުވެރިކޮށް ދެމުން އައި ޕާސްޕޯޓަށް އެދޭ ފޯމް ބަލައިގަތުމުގެ ޚިދުމަތް ބ.އަތޮޅު ކައުންސިލުން ދޭން ފަށައިފިއެވެ.
ބ. އަތޮޅު ކައުންސިލުން މިކަމާބެހޭ މައުލޫމާތު ހާމަކުރަމުން ބުނީ މިޚިދުމަތް ދޭން ފަށާފައިވަނީ މޯލްޑިވްސް އިމިގްރޭޝަން އާއި އެ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމުގައެވެެ.
މި އެއްބަސްވުމާއެކު އަލަށް ޕާސްޕޯޓް ހަދަން ބޭނުންވާ ފަރާތްތަކާއި، މުއްދަތު ހަމަވެގެން ޕާސްޕޯޓް އާ ކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ހުށަހަޅައި، ފައިސާ ބަލައިގަތުމުގެ ހިދުމަތް މިދިޔަ ހޯމަ ދުވަހުން ފެށިގެން އަތޮޅު ކައުންސިލުން އަންނަނީ ދެމުންނެވެ.
އެހެންނަމަވެސް ޕާސްޕޯޓް ދޫކުރަން ހަމަޖެހިފައިވަނީ އިމިގްރޭޝަނުންނެވެ.
ބ. އަތޮޅު ކައުންސިލް މެދުވެރިކޮށް ޕާސްޕޯޓް ހިދުމަތް ދިނުމަށް ފެށި އިރު މިހާރުވެސް އެކައުންސިލުން އަންނަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތް ތަކާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް ދެމުންނެވެ.