ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ގޮތުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) އިން ހިންގަމުން ގެންދާ 1000 ފޮޓޯގްރާފަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ދަރަވަންދޫގައި ވެސް ހިންގުމަށް ހަމަޖެހިއްޖެއެވެ.
މި ޕްރޮގްރާމްގެ ދަށުން ދަރަވަންދޫ އިން 60 ފޮޓޯގްރާފަރުން ތަމްރީނު ކުރުމަށް އުއްމީދު ކުރާ ކަމަށް ޓިވެޓް އޮތޯރިޓީއާ ގުޅިގެން މި ކޯސް ކުރިއަށްގެންދާ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ (ވައިޑީޕީ) އިން ބުނެއެވެ.
މިކޯހުގެ ބައިވެރިން ، ލެވެލް ތިނެއް ފުރިހަމަކުރުމަށްފަހު ލެވެލް ހަތަރެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ވައިޑީޕީ އިން ބުނީ ޕްރޮގްރާމުގެ އަމަލީ ބައި ފުރިހަމަކުުރުމަށާ މަސައްކަތުގައި ބޭނުންކުރުމަށް ފަހުން ފައިސާ ދައްކާގޮތަށް ”ނިކޮން 3400″ގެ ކެމެރާއެއް ލިބޭނެ ކަމުގައެވެ. އެ ފައިސާ ދައްކަން ޖެހޭނީ ކޯސް ނިންމުމަށްފަހު އެއް އަހަރުގެ މުއްދަތަކަށް 8000 ރުފިޔާ ބަހާލައިގެން މަހަކު 667 ރުފިޔާ އެވެ. ކޯހުގައި ބައިވެރިވުމަށް އެޑްމިޝަން ފީ އެއްގެ ގޮތުގައި ހަމައެކަނި 500ރުފިޔާ ދެއްކުމުން އިތުރު ފީއެއް ދައކާކަށޤ ނުޖެހެއެވެ.
ދަރަވަންދޫގައި މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ގަ އެވެ.
މިއީ އެޑިއުކޭޝަން މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިދިޔަ އަހަރު ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ އަމާޒަކީ ތިން އަހަރުގެ ތެރޭގައި 1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމެވެ. މިހާތަނަށް ވައިޑީއެސް އިން ލ. އަތޮޅުގައި މި ކޯހުގެ 4 ބެޗެއް ވަނީ ބާއްވައިފަ އެވެ.
ދަރަވަންދޫގެ އިތުރުން ތ. ވޭމަންޑޫ އާއި އައްޑޫ އަދި ފުވައްމުލަކުގައި ވެސް މި ޕްރޮގްރާމު ކުރިއަށް ގެންދަން ވަނީ އިއުލާންކޮށްފަ އެވެ.