”ދިވެހިރާއްޖެ އަށް ތަރައްގީ އާއި ކުރިއެރުން ގެނެސްދެވުނު ހަމައެކަނި ޕާޓީއަކީ ޕީޕީއެމް.“

yameen-mmm.jpg

ރައީސް، ޔާމީން އަބްދުލްގައްޔޫމް

ދިވެހިރާއްޖެއަށް ތަރައްގީ އާއި ކުރިއެރުން ގެނެސްދެވުނު ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށް ޕީޕީއެމްގެ ރައީސް އަދި އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ޕީޕީއެމްގެ 9 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުން މެދުވެރި ކުރައްވާ މިއަދު އާންމު ކުރެއްވިި މެސެޖެއްގައެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ސަލާމަތްކޮށް ޝަރުއީ އަދި ގާނޫނީ ދާއިރާއަށް އިސްލާހު ގެނެސް ސިޔާސީ ވަކިތަކުން ޖޭއެސްސީ މިނިވަން ކޮށްދޭނީ ޕީޕީއެމުން ކަމަށާއި ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު ރަނގަޅު ނޫންކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ އަލުން ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖޭގެ އިގްތިސާދު ސަލާމަތްކޮށް ދެއްވާނެ ކަމަށެވެ.

“މާތް ﷲ ގެ އިރާދަފުޅާއެކު، އަނެއްކާވެސް އަލުން ޕީޕީއެމް އަށް ރާއްޖޭގެ އިގްތިސާދު ސަލާމަތްކޮށް، ޝަރުއީ އަދި ގާނޫނީ ދާއިރާއަށް މާނަވީ އިސްލާހްތައް ގެނެސް، ސިޔާސީ ފަރާތްތަކުގެ ވަކިތަކުން ޖޭއެސްސީ މިންޖުކޮށް ދެވޭނެ. ހުރިހާ ބޭފުޅުން ގުޅިގެން ކުރަމުންގެންދާ މަސައްކަތް ކުރިއަށް ގެންދަވާ. މާތް ﷲ ގެ އިރާދަފުޅާއެކު، އެ މަސައްކަތުގެ ފޮނިމީރުކަން ލިބޭނެ،” ރައީސް ޔާމީންގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

މިއަދުގެ ބައްދަލުވުމަށްފަހު ވަކީލުންގެ ޓީމުގައި ބައިވެރިވެވަޑައިގެންނެވި އިސް ވަކީލު އަދި ރައީސް ޔާމީންގެ ފުރަތަމަ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީން މާފުށީ ޖަލުގައި މިއަދުވެސް އެ ހުންނެވީ ރައްޔިތުންނަށްޓަކައި ސާބިތުކަމާއިއެކު ކަމަށެވެ. ރާއްޖޭގެ ތަރައްގީގައި އެ މަނިކުފާނު ގެންނެވި އުޖާލާ އުންމީދު މިއަދު ފާހަގަ ކުރެވެނީ، ތާރީހުން ނުފެންނަ ވަރުގެ ބިޔަ ބޮޑު ތަރައްގީއެއްގެ ގޮތުގައި ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top