ބ.އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވައިޓް އެލާޓް !

IMG_20200724_134101732-1.jpg

މޫސުން ގޯސް ދުވަހެއް.

ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.

އެ އިދާރާ އިން ބުނެފައިވަނީ، މި ސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރެވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިޖެހުން އެކަށީގެން ވާކަމަށެވެ.

ވައިޓް އެލާޓްގެ ވަގުތު މިއަދު މެންދުރު ފަހު 15:00 އާއި ހަމައަށް ދެމިގެންދާނެ ކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެ ކަމަށާއި ރާއްޖޭގެ ދެކުނުގެ ރައްތަކަށް އާއްމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށްވެސް އެއިދާރާއިން ބުނެފައިވެ އެވެ.

ދެކުނުގެ އަތޮޅުތަކައް ހުޅަނގުދެކުނާއި ހުޅަނގުން އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top