އެއްވަނަ ދަރަޖައިގެ ފާސްވާ ހާފިޒުންނަށް ޚާއްސަ މެޑެލް އެއް ދިނުމަށް ރައީސް ނިންމަވައިފި

158659_52dc682d-3_-2048x1168.jpg

ކީރިތި ގުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް، ޚާއްސަ މެޑެލް އެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި އަހަރު 1 ވަނަ ދަރަޖައިގައި ފާސްވި ހާފިޒުންނަށް ޚާއްސަ މެޑެލް ދެއްވުން އޮންނާނީ މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެރޭ ދައުލަތުން އެކި އިނާމުތައް ދެއްވުމަށް ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމިއްޔާތު ގައެވެ.

މި އަހަރު އެއް ވަނަ ދަރަޖައިގައި ފާސްވެފައިވަނީ ހަތަރު ހާފިޒުންނެވެ.

ކީރިތި ގުރުއާން ހިތުދަސްކޮށް، ދެވަނަ ދަރަޖަ އަދި ތިންވަނަ ދަރަޖައިގާ ފާސްވާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، މީގެ ފަހުން ދެއްވަމުން ގެންދަވާނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރެއްވުމަށް ބާއްވާ ޖަލްސާގައިކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top