”އީސީ ޝަރީފޫ“އޭ ގޮވައިގެން މަޝްހޫރުވި ސުއޫދާ ވަޒީފާއިން ވަކިކޮށްފި

290924_4_2be9da75c921574b646e425824893f164ad31f2c_large.jpg

“އީސީ ޝަރީފޫ” އޭ ކިޔައި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފަށް ފާޑުކިޔައި ގިނަ ބައެއްގެ ސަމާލުކަން ހޯދި އިދިކޮޅު ކޯލިޝަންގެ އިސް އެކްޓިވިސްޓް ސުއޫދާ އަބްދުﷲ އަދާކުރަމުން އައި އެމްޕީއެލްގެ ވަޒީފާއިން އިއްޔެ ވަކިކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ސުއޫދާ ވަޒީފާއިން ވަކިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށެވެ. ވަޒީފާއިން ވަކިކޮށް ފޮނުވި ޗިޓުގައި ބުނެފައިވަނީ އެސިސްޓެންޓް އޮފިސަރުގެ މަގާމުން ވަކިކުރީ ކުންފުނީގެ ޕޮލިސީތަކާ ހިލާފަށް އަމަލުކުރަމުންދާތީ ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެ އަމަލުތަކަށް ބަދަލު އައިސްފައިނުވާތީ ކަމަށެވެ.

ނަމަވެސް އޭނާ ޚިލާފުވެފައިވަނީ ކުންފުނީގެ ޕޮލިސީގެ ކޮންކަމެއް ކަން ހާމަކޮށްފައެއް ނުވެއެވެ.

އެމްޕީއެލްގެ ވަރަށް ގިނަ މުވައްޒިފުން މިހާރުވެސް އިދިކޮޅު ގިނަ ހަރަކާތްތަކުގައި ބައިވެރިވެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލަމުން ދެއެވެ.

ސުއޫދާއަކީ މިސަރުކާރާއި ދެކޮޅަށް ފާޅުގައި އަޑު އުފުލައި މަގުމަތީގެ ހަރަކާތްތަކުގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް އެކްޓިވިސްޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top