ވޯކް ޕާމިޓް ނޯންނަ ބިދޭސީން އުފުލާ އުޅަނދުތަކުގެ ކެޕްޓަނުންނާ މެދު ފިޔަވަޅު އަޅާނެ

viber-image-2.jpg

ރާއްޖޭގައި ފިލައިގެން އުޅޭ ބިދޭސީން އުފުލާ ކަނޑު އުޅަނދުތަކުގެ ކެޕްޓަނުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިމިގްރޭޝަނުން ދީފިއެވެ.

ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ކަނޑުމަގުން ބިދޭސީން އުފުލާ އުޅަނދުތަކުން އެ ފަރާތްތަކުގެ އަތުގައި ސައްހަ ވާކް ޕާމިޓް އޮތްތޯ ޔަގީންކުރަން އެ އިދާރާއިން ވަނީ މިއަދު އިލްތިމާސްކޮށްފައެވެ.

އަދި ގަވާއިދާ ހިލާފަށް އުޅަނދުތަކުގައި ބިދޭސީން އުފުލާނަމަ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނުން ބާރުލިބިގެން ހަދާފައިވާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ކަނޑުދަތުރުކުރާ އުޅަނދުފަހަރާބެހޭ ގަވާއިދުގެ ދަށުން އުޅަނދުގެ ވެރިފަރާތް އަދި އުޅަނދު ދުއްވި ފަރާތް ޖޫރިމަނާކުރެވެނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކުރިން ބައިތިއްބާ ހާއްސަ ސެންޓަރު ވަނީ އަލުން ހުޅުވާފައެވެ. އަދި އެތަނުން ވަނީ ބިދޭސީން ނަގަން ފަށާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top