އަނެއްކާވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

main.jpg

އޭދަފުށީގެ ޕެޓްރޯލް ޝެޑަކުން ސައިކަލަކަށް ޕެޓްރޯލް އަޅައިދެނީ

ސަރުކާރާއި ރައްޔިތުންގެ  ކުންފުނި ،އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި އެވެ.

އެސްޓީއޯގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން މިއަދުން (ޖޫން 9) އިން ފެށިގެން ވިއްކާނީ މިހާރު ޕެޓްރޯލު ލިޓަރެއް ވިއްކާ އަގަށްވުރެ ލީޓަރަކުން 41 ލާރި ހެޔޮކޮށެވެ. އަދި ޑީސަލް ލީޓަރަކުން 63 ލާރި ހެޔޮވާނެ އެވެ.

މި ބަދަލާއެކު މިހާރު ޑީސަލް ލީޑަރެއް 14.73ރ. އަށް އަދި ޑީސަލް ލީޓަރެއް 15.07ރ. އަށް ލިބޭނެ އެވެ.

އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މެއި 1 ގަ އެވެ. އެ ދުވަހުން ފެށިގެން ރޭ ދަންވަރު 12:00 އާ ހަމަައަށް ޕެޓްރޯލް ލީޓަރެއް ވިއްކީ 15.14ރ. އަށެވެ. ޑީސަލް ލީޓަރެއް 15.70ރ. އަށެވެ.

 

މި އަހަރު ފެށުނުއިރު ޕެޓްރޯލް ލީޓަރެއްގެ އަގު 15.97ރ. އަށް ހުރިއިރު، ޑީސަލް ލީޓަރެއްގެ އަގު ހުރީ 16.32ރ. އަށެވެ. އެއީ މިދިޔަ އަހަރުގެ އޯގަސްޓް މަހު ކަނޑައެޅި އަގެވެ.

އަލަށް ގެނައި ބަދަލާ އެކު، ދެ މަސް ދުވަހުން ޕެޓްރޯލް ލިޓަރަހުން ހެޔޮވެފައި ވަނީ އެއް ރުފިޔާ 24 ލާރިއެވެ. އަދި ޑީސަލް ލިޓަރަކުން ދެ މަސް ދުވަސް ތެރޭ ހެޔޮވެފައި ވަނީ އެއް ރުފިޔާ 25 ލާރިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top